ދުނިޔެ

ކޮވިޑް19ގައި ދުނިޔެ ދޫކުރިމީހުންގެ ޢަދަދު އެއްލައްކައަށް ވުރެ މައްޗަށް، މުޅި ދުނިޔެ ހާސްކަމުގައި!

ދެން އެމްވީ ، ދެން އޮންލައިން

ބޭހެއް ، ފަރުވާއެއް އުފެއްދިފައި ނެތް ކޮވިޑް19 ޖެހިގެން މަރުވި މީހުންގެ ޢަދަދު އެއްލައްކަ ފަހަނައަޅައިފިއެވެ.

Ads by Sosun Fihaara

ކޮވިޑް19 ގެ ހިސާބުތައް ދައްކާގޮތުގައި މިބަލީގައި މިހާތަނަށް 102،600 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި މިބަލި ޖެހުނު މީހުންގެ ޢަދަދު1.6 މިލިއަނަށްވަނީ އަރާފައެވެ. މީގެ ތެރެއިން ބައްޔަށް ޝިފާ ލިބި ރަނގަޅުވި މީހުންގެ ޢަދަދު 376،100 އަށް އަރާފައިވާއިރު މިހާރުވެސް މިބައްޔަށްފަރުވާކުރާ 1.2 މިލިއަން މީހުން ދުނިޔޭގައި އެބަތިއްބެވެ.

ކޮވިޑް19ގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެމެރިކާގައި މި ބައްޔަށް ޕޮސިޓިވް ވި މީހުންގެ ޢަދަދު ފަސްލައްކައަށް ވުރެ މައްޗަށް އަރައެވެ. އަދި އެގައުމުން 18 ހާހަށްވުރެ ގިނަ މީހުން ވަނީ ކޮވިޑް19ގެ ޝިކާރައަކަށްވެ ދުނިޔެ ދޫކޮށްފައެވެ.

މިހާރު މިބަލި އެންމެ ބޮޑަށް ފެތުރޭ ގައުމުތަކުގެ ތެރޭގައި ހިމެނެނީ ޔޫރަޕްގެ ގައުމުތަކެވެ. އޭގެ ތެރޭގައި ސްޕޭނާއި އިޓަލީ އަދި ފްރާންސްގެ އިތުރުން ޖާމަނީ ހިމެނެއެވެ.

ކޮވިޑް19 ނުވަތަ ކޮރޯނާ ފުރަތަމަ ފެނުނީ ޗައިނާއިންނެވެ. ޗައިނާގެ ވުހާންއިން އުފެދުނު ވައިރަސް އެގައުމުގައި ހަލުވިކަމާއެކު ފެތުރުނު ނަމަވެސް ޗައިނާ ސަރުކާރުން އެޅި ހަރުކަށި އެތައް ފިޔަވަޅަކާއެކު އެގައުމުގައި ވައިރަސް ފެތުރޭ މިންވަރު ވަނީ ކޮންޓްރޯލްކޮށްފައެވެ. އަދި ކޮވިޑް19އާއި ދެކޮޅަށް ޗައިނާއިން ހޯދި ކާމިޔާބީގެ އިސްމޭސްތިރިކަމަށްވާ ޑރ.ޒޮންގް ނަންޝަން ވަނީ ޔޫރަޕާއި އެމެރިކާއިން އަޅާފައިވާ ފިޔަވަޅުތަކަށް ފާޑު ކިޔާފައެވެ.

ޑރ.ނަންޝަން ބުނެފައިވަނީ ގައުމުތައް ފުރަބަންދުކޮށްފައި އޮތްނަމަވެސް އެގައުމުތަކުގެ ތެރޭގައި އެއްވެ އުޅުން ހުއްޓިފައި ނުވާ ކަމަށާއި އެފަދަ ގައުމުތަކުގައި ޒުވާންކުދިން ޕާޓީކުރުންފަދަ އެތައްކަމެއް ހިނގާކަމަށެވެ. އަދި އެފަދަ ކަންކަން ހިނގާނަމަ އެއީ ލޮކްޑައުންއެއް ނޫންކަމަށް ވެސް ، ސާސް ރޯގާއާއި ދެކޮޅަށް ވެސް މަސައްކަތްކުރި ޑރ.ނަންޝަން ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!