އިމިގްރޭޝަންގެ 70 ވަޒިފާއަށް މި ފަހަރު 500އަށްވުރެ ގިނަ މީހުން އިންޓަވިއު ދީފި
އިމިގްރޭޝަންއިން 70 ވަޒީފާއަކަށް ކުރިއަށް ގެންދިޔަ ވޯކް-އިން އިންޓަވިއުތަކަށް 500 އަށް ވުރެ ގިނަ މީހުން ގޮސް އިންޓަވިއު ދީފި އެވެ.
ވޯކް-އިން އިންޓަވިއުކޮށްގެން މީގެ ކުރިން ވެސް އެ ތަނުގެ 50 ވަޒިފާއަކަށް މީހުން ނެގި އެވެ. އެ ފަހަރު ވޯކް-އިން އިންޓަވިއުއަށް 900އަށް ވުރެ ގިނަ މީހުން އިންޓަވިއު ދިނެވެ.
އިމިގްރޭޝަނުން މިއަދު ބުނީ މި ފަހަރު އިންޓަވިއުތައް ނަގަން ފެށިތަނާ 500އަށް ވުރެ ގިނަ މީހުން މަދު ގަޑިއިރެއް ތެރޭގައި ދިޔަ ކަމަށެވެ.
ކުރީ ފަހަރުގެ ތަޖުރިބާއިން މި ފަހަރު އިންތިޒާމުތައް ރަނގަޅުކޮށް، އޮމާންކަމާއެކު ފަސޭހައިން އަވަހަށް އިންޓަވިއުތައް ނަގާ ނިންމާފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަންއިން ހުޅުވާލީ އިމިގްރޭޝަން އޮފިސަރު ޓްރެއިނީގެ މަގާމަށެވެ. އެ މަގާމަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 10،275 ރުފިޔާ ލިބޭނެ އެވެ.
