ވިޔަފާރި

މިދިޔަ މަހު އެންމެ ގިނައިން ސާވިސް ޗާޖު ދިނީ ރަންދެލި ރިސޯޓުން

ދެން އެމްވީ ، ދެން އޮންލައިން

މިދިޔަ ޑިސެމްބަރު މަހު އެންމެ ގިނައިން ސާވިސް ޗާޖު ދިން ރާއްޖޭގެ ރިސޯޓުތަކުގެ ލިސްޓުގެ ކުރިއަށް ޝެވަލް ބްލާންކް ރަންދެލި އަރައިފި އެވެ.

Ads by MWSC

އެ ރިސޯޓުގެ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި މިދިޔަ މަހު ދިނީ 1،903 ޑޮލަރު (29،348ރ.) އެވެ. މިއީ ނޮވެމްބަރު މަހާ އަޅާ ބަލާއިރު 11،677ރ. އިތުރު އަދަދެކެވެ. ރަންދެލި ރިސޯޓު، ނޮވެމްބަރު މަހު ހިމެނުނީ ސާވިސް ޗާޖުގެ ލިސްޓުގެ ދެވަނައިގަ އެވެ.

ސާވިސް ޗާޖު ލިސްޓުގެ ކުރީގައި މިދިޔަ ނޮވެމްބަރު މަހު އޮތް ވެލާ ޕްރައިވެޓް އައިލެންޑް، ޑިސެމްބަރު މަހު ތިންވަނަ އަށް ވެއްޓިފަ އެވެ. ވެލާ އިން 1،329 ޑޮލަރު (20،497ރ) ނޮވެމްބަރު މަހު ދީފައިވާއިރު މިދިޔަ ޑިސެމްބަރު މަހުގެ ސާވިސް ޗާޖުގެ އަދަދަކީ 931.84 ޑޮލަރު (14،368ރ.) އެވެ.

މިދިޔަ މަހު ސާވިސް ޗާޖުގެ ގޮތުގައި 948.67 ޑޮލަރު (14،628ރ.) ބަހައިގެން ލިސްޓުގެ ދެވަނައިގައި އޮތީ ސެއިންޓް ރެޖިސް ވޯއްމުލި ރިސޯޓެވެ. އޭގެ ކުރީ މަހު ވޯއްމުލި ރިސޯޓުން ބަހާފައިވަނީ 789.81 ޑޮލަރު (12،178ރ.) އެވެ.

ބައެއް ރިސޯޓުތަކުން ސާވިސް ޗާޖުގެ މައުލޫމާތު ހާމަކުރި ނަމަވެސް ގިނަ ރިސޯޓުތަކުން އެކަމެއް ނުކުރެ އެވެ. ރާއްޖެގައި 151 ރިސޯޓު ހިންގަ އެވެ. އެކަމަކު، މިދިޔަ މަހު ވެސް ސާވިސް ޗާޖުގެ މައުލޫމާތު ހާމަކުރީ އެންމެ 75 ރިސޯޓުންނެވެ.

ސާވިސް ޗާޖު ދެނީ ރަނގަޅަށް ކަމަށް ބުނެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދާދި ފަހުން މީޑިއާ ގައި ދެއްކެވި ވާހަކައެއްގެ މައްސަލަ ވަނީ ހޫނުވެފަ އެވެ. އަދި ރިސޯޓުތަކުގެ ބައެއް މުވައްޒަފުން ވަނީ ފާޅުގައި އޭނާއާ ދެކޮޅަށް ތެދުވެ، އިސްތިއުފާ އަށް ގޮވަން ފަށައިފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!