ދުނިޔެ

ކޮވިޑް19 ޖެހިދާނެތީ ގޮރިއްލާތައް ވެސް ލޮކްޑައުންއަށް!

ދެން އެމްވީ ، ދެން އޮންލައިން

ޔުގަންޑާ އާއި ރުވާންޑާ އަދި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ވެސް މިހާރު ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޯވިޑް19 ޖެހިދާނެތީ ބިރުން ގޮރިއްލާތަކެއް އެގައުމުތަކުން ލޮކްޑައުން ކޮށްފިއެވެ.

Ads by Sosun Fihaara

އެގޮތުން ''ގޮރިއްލާ ޓޫރިޒަމް'' އަށް މަޝްހޫރު މި ތިންގައުމުން މިހާރުވަނީ އެ ޓުއަރިޒަމް ހުއްޓާލާ، ގޮރިއްލާތައް ފަތުރުވެރިންނަށް ދެއްކުން ނެރުން ވެސް ހުއްޓާލާފައެވެ. ގޮރިއްލާގެ އިތުރުން ނަސްލު ނެތި ހިނގައިދާނެ ކަމުގެ ބިރު އޮތް ރާމާމަކުނުގެ ވައްތަރެއް ކަމަށްވާ އޮރަންގުޓަންސް ވެސް ވަނީ ކޯވިޑް19 ޖެހިދާނެތީ ލޮކްޑައުން ކޮށްފައެވެ.

އިންސާނުންނަށް ޖެހޭ ބަލިތަކުގެ ތެރެއިން ވައިރަލް ރޯގާ އަދި އެބޯލާ ފަދަ ބަލިތައް ގޮރިއްލާ އަށް ޖެހޭތީ އެފަދަ ޖަނަވާރުތަކަށް ކޯވިޑް 19 ވެސް ޖެހުމުގެ ފުރުސަތު ވެސް ވަރަށް ބޮޑު ކަމަށް ސިއްހީ ބައެއް ތަޖްރިބާކާރުން ވަނީ ބުނެފައެވެ.

ފަރުބަދަ މަތީގައި އުޅޭ ގޮރިއްލާ އަކީ އޭގެ ނަސްލު ނެތި ހިނގައިދާނެ ކަމުގެ ބިރުވެރިކަން އޮތް ޖަނަވާރުގެ ބާވަތެކެވެ. ބެރިންގެއިގެ ނަމުން ނަންދެވިފައިވާ މި ބާވަތުގެ ގޮރިއްލާ ހަމައެކަނި އުޅެނީ ޔުގަންޑާ އާއި ރުވަންޑާ އަދި ކޮންގޯގައެވެ. މި ތިން ގައުމުގައި ކޯވިޑް 19 ދަނީ ވަރަށް ހަލުވިކަމާއިއެކު ފެތުރެމުންނެވެ.

ގޮރިއްލާ އަށް ފަރުވާދޭ ޑޮކްޓަރެއް ބީބީސީއާއި ވާހަކަ ދައްކަމުން ބުނީ، ފަރުބަދަ މަތީގައި ދިރިއުޅެމުންދާ އެއްވެސް ގޮރިއްލާއަކަށް އަދި މިހާތަނަށް ކޯވިޑް19 ޖެހިފައިވާ ކަމުގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށެވެ. އެހެންނަމަވެސް ގޮރިއްލާއަށް ކޯވިޑް 19 ޖެހުމުގެ ފުރުސަތު އެބަ އޮތްކަމަށް އޭނާ ވެސް ފާހަގަކުރިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!