ޚަބަރު ވިޔަފާރި ސަރުކާރު

އަންނަ އަހަރު ބޭރުން 21.9 ބިލިއަން ރުފިޔާގެ ލޯނު ނަގާނެ

ފާތިމަތު އަފްނާން ، ދެން އޮންލައިން
އަބޫދާބީ ފަންޑުގެ އިސްވެރިންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލު ކުރައްވަނީ -- ފޮޓޯ: ރައީސް އޮފީސް

ބޭރުގެ ބައިލެޓްރަލް ޕާޓްނަރުންގެ އަތުން، ރާއްޖޭން ބޭރުން އަންނަ އަހަރު 21.9 ބިލިއަން ރުފިޔާގެ ލޯނު ނަގާނެ ކަމަށް އަންދާޒާ ކޮށްފިއެވެ.

Ads by MPL

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައިވާ ގޮތުން މިދިޔަ އަހަރު ބައިލެޓްރަލް ޕާޓްނަރުންގެ އަތުން 20,6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ކުރީ އަހަރު 14.8 ބިލިއަން ރުފިޔާ ލިބިފައި ވެއެވެ.

ބަޖެޓުގައިވާ ގޮތުން އަންނަ އަހަރު ބައިލެޓްރަލް ޕާޓްނަރުންގެ އަތުން އަންނަ އަހަރު 6.5 ބިލިއަން ރުފިޔާގެ ލޯނު ނަގާނެއެވެ. މި އަހަރު ބައިލެޓްރަލް ފަރާތްތަކުން ލޯނުގެ ގޮތުގައި ލިބިފައި ވަނީ 3.2 ބިލިއަން ރުފިޔާއެވެ.

ލޯނު ނަގާނެ ފަރާތްތައް 

އަބޫދާބީ ފަންޑު - 34 މިލިއަން
އިންޑިއަން އެގްޒިމް - 1.7 ބިލިއަން
ގަތަރު ފަންޑު - ތިން ބިލިއަން
ސައޫދީ ފަންޑު - 256 މިލިއަން
ޗައިނާ - 1.3 ބިލިއަން

އަންނަ އަހަރު މަލްޓިލޭޓްރަލް ޖަމިއްޔާތަކުން 1.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވެއެވެ. އަދި ކޮމާޝަލް އެންޑް މާކެޓް ބެސްޓް ފައިނޭންސިންގެ ގޮތުގައި އަންނަ އަހަރު 8.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެއެވެ. އަދި މި އަހަރު އެތެރެއިން 5.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!