ދުނިޔެ

ކޯވިޑް19: މަންމަ މަރުވިތާ ހަފްތާއެއް ނުވަނީސް، ޑައުންސިންޑްރޯމް ހުންނަ ދަރިފުޅު މަރުވީ 30 ވަނަ އުފަންދުވަހު

ދެން އެމްވީ ، ދެން އޮންލައިން

ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޯވިޑް 19 ވައިރަސް ޖެހިގެން ޑައުންސިންޑްރޯމު ހުންނަ މީހެއްކަމަށްވާ ތޯމަސް މާޓިންސް، އޭނާގެ 30 ވަނަ އުފަންދުވަހެވެ. އެމީހާ މަރުވުމުގެ ހަފްތާއެއް ކުރިން އޭނާގެ މަންމަވެސް ވަނީ ކޯވިޑް 19 ޖެހިގެން މަރުވެފައެވެ.

Ads by Sosun Fihaara

ނިއު ޖާޒީގައި ދިރިއުޅެމުންދާ ތޯމަސް މަރުވީ، އޭނާގެ އުފަން ދުވަސް ފާހަގަކުރަން އާއިލީ މެމްބަރުންނާއި އެކުވެރިންނާއިއެކު ވީޑިއޯ ކޯލެއް ކުރިތާ ދެތިން ގަަޑިއިރު ފަހުންނެވެ.

ބަލިޖެހިގެން ކަރަންޓީނުގައި ތިބޭ މީހުންގެ ގާތަށްވެސް ނުދެވޭ ގޮތަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި ވުމުން، ތޯމަސް މަރުވިއިރު، އޭނާ ގާތުގައި ހުރުމުގެ ފުރުސަތު އާއިލާ އަދި އެކުވެރިންނަށް ވެސް ނުލިބުނެވެ. ތޯމަސް ގެ މަންމަ ކަމަަށްވާ އުމުރުން 55 އަހަރުގެ ކެރޮލީން ކޯވިޑް 19 ޖެހިގެން މަރުވީ މިދިޔަ ހަފްތާއެވެ.

ތޯމަސްގެ އާއިލީ އެކުވެރިއެއް ކަމަށްވާ ދަނާ ރެގަން ބުނީ ތޯމަސް ބަލަމުންދިޔައީ އޭނާގެ މަންމަ ކެރޮލީން ކަމަށާއި، ތޯމަސް އަށް އަޅައިލާނެ މީހަކު އޭނާގެ މަންމަ ނޫނީ ނެތް ކަމަށެވެ. ރެގަން ބުނީ، ތޯމަސް އާއި އޭނާގެ މަންމަ އެކަކު އަނެކަކު ދެކެ ވަރަށް ލޯބިވާ ކަމަށާއި، މަންމަ މަރުވުމުން ތޯމަސް އެކަނި އުޅުނު ހާލު ހިތަށް އަރުވާލިއަސް ދެރަވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!