ޚަބަރު

މީޑިއާ ވިލެޖުގެ މަސައްކަތް އެޗްޑީސީގެ އެމްޑީ ބައްލަވާލައްވައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

މީޑިއާތަކަށް އޮފީސް ޖާގަ ދޫކުރާ ގޮތަށް އިމާރާތްކުރަމުންދާ މީޑިއާ ވިލެޖުގެ މަސައްކަތްތައް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) އަލީ ޒުހައިރު ބައްލަވާލައްވައިފި އެވެ.

Ads by MPL

އެޗްޑީސީން މިއަދު ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި މަސައްކަތް ވަރަށް ބާރު ދުވެލީގައި ކުރިއަށް ދާކަން އެނގެ އެވެ. ނަމަވެސް މަސައްކަތް ގޮސްފައިވާ ހިސާބުގެ އަދާހަމައެއް އެޗްޑީސީން ކުރި ޕޯސްޓްގައި ނެތެވެ.

މީޑިއާ ވިލެޖަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު ނޫސްވެރިންނާ އެކު ބޭއްވި ގުންޒަރުގައި، ނޫސްތައް ހިންގާ ބައެއް އިސްވެރިންގެ ފަރާތުން އެދުނު އެއް ކަމަކީ އޮފީސް ޖާގައެއް ދައުލަތުން ދޫކުރުމެވެ. އޭރުން ވެސް ނޫސްތައް ހިންގުމުގެ ހަރަދު ކުޑަވެ ފަސޭހަވާނެ ކަމެވެ.

ހުޅުމާލޭގެ ބިމެއްގައި އެ ތަން އިމާރާތްކުރުމަށް އެޗްޑީސީން ހަވާލުކުރީ ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކަށެވެ.