ކައުންސިލަރުންގެ އަދަދު މަދުކުރަން ހުށަހަޅައިފި
ކައުންސިލަރުންގެ އަދަދު މަދުކުރަން ޖެހޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަންް ހުށަހަޅައިފި އެވެ.
މި އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އަދި މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހެވެ.
އެ ބިލުގައިވަނީ 2000އަށް ވުރެ ބޮޑު އާބާދީގެ ރަށްރަށުން ފަސް ކައުންސިލަރުން އިންތިހާބުކުރާ ގޮތަށެވެ. އަދި 2000އަށްވުރެ ކުޑަ އާބާދީގެ ރަށްރަށުން ތިން ކައުންސިލަރުންނެވެ.
ތިން ކައުންސިލަރުން އިންތިހާބުކުރާ ރަށްރަށުގެ ކައުންސިލުން އެއް ގޮނޑި އަންހެނުންނަށް ހާއްސަކުރުމަށެވެ. ފަސް ކައުންސިލަރުން އިންތިހާބުކުރާ ރަށްރަށުން ދެ ގޮނޑި އަންހެނުންނަށް ހާއްސަކުރުމަށެވެ.
މިހާރު އޮންނަ ގޮތަކީ 3000އަށް ވުރެ ބޮޑު އާބާދީގެ ރަށްރަށުގައި ހަތް ކައުންސިލަރުންނެވެ. އަދި އެއަށް ވުރެ ކުޑަ އާބާދީގެ ރަށްރަށުގައި ފަސް ކައުންސިލަރުންނެވެ.

