ވިޔަފާރި

އެންމެ އަގު ބޮޑު ސުޕަޔޮޓުގެ ލިސްޓުގައި ހިމެނޭ "ނޯޑިކް" ރާއްޖޭގައި

ފާތިމަތު އަފްނާން ، ދެން އޮންލައިން

ދުނިޔޭގެ އެންމެ އަގު ބޮޑު ސުޕަޔޮޓުގެ ލިސްޓުގައި ހިމެނޭ ރަޝިއާގެ ބިލިއަނަރު އެލެކްސޭ މޯޑާޝޯވްގެ ނޯޑް މި ވަގުތު އޮތީ ރާއްޖޭގައެވެ.

Ads by MPL

ރަޝިއާގެ ބިލިއަނަރު އެލެކްސޭ މޯޑާޝޯވްގެ ނޯޑްއަކީ 500 މިލިއަން ޑޮލަރުގެ އަގުބޮޑު ޔޮޓެކެވެ.
ނޯޑިކްއަކީ މަޝްހޫރު އުޅަނދެކެވެ. މި އުޅަނދު މަޝްހޫރު ވެގެން ދިޔަ ސަބަބަކީ މެލޭޝިއާގެ ވިޔަފާރިވެރިޔާގެ ހިސްޓްރީ ސުޕްރީމް ސުޕަޔޮޓް ހިމެނޭ ލިސްޓުގައި ނޯޑް ހިމެނުމެވެ. މިހާރު މި އުޅަނދު އޮތީ މާލެ ކައިރީގައެވެ.

މި އުޅަނދު ބަނދެފައި ވަނީ ޖަރުމަނުގެ ލޫސެންގައެވެ. ހަ ބުރިއަށް މައްޗަށްދާ އަދި މޫދު އަޑިއަށް އެއް ބުރި އޮންނަ މި އުޅަނދުގެ ހެލިޕޭޑެއް ވެސް ހިމެނެއެވެ. އަދި ހެލިކޮޕްޓަރެއް ވެސް މި އުޅަނދާ އެކު ދަތުރު ކުރެއެވެ.

470 ފޫޓުގެ އަގު ބޮޑު މި އުޅަނދަކީ ރަޝިއާ ސަރުކާރުން ފުލް ސެކިއުރިޓީ ބަލަހައްޓަމުން ގެންދާ އުޅަނދެކެވެ.

ހަ ޑެކާއި ހެލިކޮޕްޓަރު ހެލިޕޭޑްގެ އިތުރުން ފުރިހަމަ ޑައިވިން އަދި ސްޕޯޓްސް ސެންޓަރެއް މި ޔޮޓްގައި ހުރެއެވެ. މިއީ 36 މެހެމާނުންނަށް ހިދުމަތްދޭ އުޅަނދެކެވެ. އަދި މިއީ ރަޝިޔާގެ ދިދަ ނަގައިގެން ދަތުރުކުރާ އެންމެ ބޮޑު ސުޕަޔޮޓްތަކުގެ ތެރޭގައި ހިމެނޭ އެއް ޔޮޓެވެ.

އެލެކްސޭ މޯޑާޝޯވްއަކީ ރަޝިޔާގެ އެންމެ ބޮޑެތި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނޭ، ވަރަށް ބޮޑު މުއްސަނދި އޮލިގާކްއެކެވެ. އޭނާގެ ކުންފުންޏަކީ ދުނިޔޭގެ އެންމެ ބޮޑެތި ސްޓީލް ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ސެވަސްޓާލްގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏެކެވެ.

Ads by Ooredoo
  1. މޫސަ

    ތިކަލޭގެ ވެސް މަރުވެގެންދާއިރު ތީގެން އެއްވެސް ޑޮލަރެއް ނުގެންދެވޭނެ

  2. ހًދަ

    ހާދަ ކުށް ގިނަ ލިޔުމެއް