ޚަބަރު

ވޯކް ވިސާގެ ގޮތުގައި މިއަދުން ފެށިގެން ބަލާނީ ހަމައެކަނި އީ-ވިސާ : އިމިގްރޭޝަން

ނުޙާ އަޙްމަދު ، ދެން އޮންލައިން
އިމިގްރޭޝަންގެ ކައުންޓަރަކުން ޕާސްޕޯޓުގެ ހިދުމަތް މީހަކު ހޯދަނީ/ ފޮޓޯ:އިމިގްރޭޝަން

ވޯކް ވިސާގެ ގޮތުގައި މިއަދުން ފެށިގެން ބަލާނީ ހަމައެކަނި އީ- ވިސާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

Ads by STELCO

އީ-ވިސާ ތައާރަފް ކުރުމާ ގުޅިގެން އެ ކަންކަމަށް ސަމާލުވުމަށް އެދި އިމިގްރޭޝަނުން ވަނީ މިއަދުން ފެށިގެން ޕާސްޕޯޓުގައިވާ ވޯކް ވިސާ އޮޓޮމެޓިކުން އީ-ވިސާއަށް ބަދަލުވާނެކަން އިއުލާނުކޮށްފައެވެ. އެހެން ކަމުން މިއަދުން ފެށިގެން ޕާސްޕޯޓުގައިވާ ވޯކް ވިސާއަކީ ސައްހަ ވިސާއެއް ކަމަށް ނުބެލެވޭނެ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އިމިގްރޭޝަނުން ބުނީ، އީ-ވިސާގެ މުއްދަތު ދެން ބިނާވާނީ ވޯކް ޕާމިޓްގެ މުއްދަތަށް ކަމަށާއި މިއަދުން ފެށިގެން ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ދެވޭނީ މުއްދަތު ހަމަނުވާ އީ-ވިސާއެއް އޮތް ފަރާތްތަކަށް އެކަނި ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން ރާއްޖެއިން ފުރުމުގެ ހުއްދަ ދެވޭނީ މުއްދަތު ހަމަނުވާ އީ-ވިސާއެއް އޮތް ފަރާތްތަކަށް ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

މީގެ އިތުރުން އަލަށް ވޯކް ޕާމިޓް ލިބިގެން ރާއްޖެ އަންނަ ބިދޭސީންނަށް އެތެރެވުމުގެ ހުއްދަ ދެވޭނީ ދާހިލީ ވުޒާރާއިން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ "އެންޓްރީ ޕާސް"އެއް އޮވެގެން ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.