ޚަބަރު

މާފުށީ ޖަލުގެ ނަން ބަދަލުކުރަންޖެހޭ: އާދަމް ޝަރީފް

ދެން އެމްވީ ، ދެން އޮންލައިން

މާފުށީ ޖަލުގެ ނަން ބަދަލުކުރަންޖެހޭ ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ވިދާޅުވެއްޖެއެވެ.

Ads by MWSC

މާފުށީ ޖަލުގައި އިއްޔެ ހިނގި ހަމަނުޖެހުމަކާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި އާދަމް ޝަރީފް ވިދާޅުވީ މާފުއްޓަކީ ލޯކަލް ޓޫރިޒަމްގެ އެންމެ ވަރުގަދަ އެއް ހަބު ކަމަށާއި އެ ރަށުގެ ނަމާއި ގުޅުވައިގެން ޖަލުގެ ނަން އޮންނާތީ ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މާފުއްޓަކީ ވަރަށް އެކުވެރި ސުލްހަވެރި ރައްޔިތުންތަކެއް އުޅޭ ރަށެއް ކަމަށާއި މާފުށީ ޖަލުގެ ނަން ބަދަލުކުރަންޖެހޭ ކަމަށެވެ،

މާފުށީ ޖަލުގައި އިއްޔެ ހިނގި ހަމަނުޖެހުމަށް އިޝާރާތް ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ ޖަލުގައި ހަމަނުޖެހުން ހިނގުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އެހެނިހެން ގައިދީންނަށާއި އޮފިޝަލުންނަށް ރައްކާތެރިކަން ނެތްކަން އެނގޭ ކަމެއް ކަމަށެވެ.

އަދި ޖަލުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށާއި ޖަލުގައި ވެސް އިންސާނީ ކަރާމާތް ދެމެހެއްޓުމަށް އޭނާ ވަނީ ގޮވާލާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މާފުށީ ޖަލުގައި އިއްޔެ ހަމަނުޖެހުން ހިނގަން މެދުވެރިވީ ގައިދީއަކު ޖަލު އޮފިސަރަަކަށް ހަމަލާދިނުމުން ރައްދުގައި އެ ގައިދީ އަށް އޮފިސަރު ހަމަލާދިނުމާ ގުޅިގެންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!