ޚަބަރު

ކޮވިޑް-19: ބަލި ފެތުރިފައިނުވާ ރަށްރަށުގައި ކިޔަވައިދޭ ވަގުތު އިތުރު ކުރަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް ފެތުރިފައި ނުވާ އަތޮޅުތެރޭގެ ރަށްރަށުގައި ކިޔަވައިދޭ ވަގުތު އިތުރު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

Ads by MWSC

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ އައިޝަތު ޢަލީ ވިދާޅުވީ މަސައްކަތް ކުރައްވަމުން ގެންދަވަނީ އާއްމު ޙާލަތަކަށް ރުޖޫޢަވުމަށް މަސައްކަތް ކުރުމަށް ކަމަށާއި މިގޮތަށް މަސައްކަތް ކުރަމުންދާއިރު ކޮވިޑް ފެތުރިފައި ނުވާ ރަށްރަށުގައި ކިޔަވައިދޭ ގަޑިތައް އިތުރު ކުރަން ވަނީ ނިންމަވާފައި ކަމަށެވެ.

"ކުރީގައި އަޅުގަނޑުމެން ކިޔަވާ މިދެނީ ސެޝަނެއް ހަތަރު ގަޑިއިރު. ނަަމަވެސް އަންނަ ހަފްތާއިން ފެށިގެން ފަސް ގަޑިއިރާ ހަމައަށް ކިޔަވާ ދިނުމުގެ ފުރުސަތު ކޮވިޑް ފެތުރިފައި ނުވާ އަތޮޅުތެރޭގެ ރަށްތަކުގެ ސްކޫލްތަކަށް ހުޅުވާލަން." މިނިސްޓަރ ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ، މިގޮތަށް ކަންތައް ކުރަން ނިންމެވީ ކްލާހަށް ދަރިވަރުން ގެނެސްގެން ކިޔަވާ ދިނީމަ އެތައް ފައިދާއެއް ލިބޭނެ ކަމަށެވެ.

"އޮންލައިން ކުލާސްތަކުން ނުލިބޭ އެތައް ކަމެއް ސްކޫލަަށް އައިސް އެހެން ދަރިވަރުންނާއި މުދައްރިސުންނާއެކު ދަރިވަރުން ކިޔެވީމަ، އެބަ ލިބިގެންދޭ" މިނިސްޓަރ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!