ޚަބަރު

މިލަންދޫ ފަރަށް އެރި ޓަގު ބޯޓު 12 މިލިއަނުން ޖޫރިމަނާކޮށްފި

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
މީގެ ކުރިން ފަރަށް އަރާފައިވާ ބޯޓެއް --

ށ. މިލަންދޫ ފަރަށް ޓަގު ބޯޓެއް އުރުމާ ގުޅިގެން ލިބުނު ގެއްލުންތަކަށް، 12 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

Ads by STELCO

އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ) އިން ބުނީ މިލަންދޫ ފަރަށް އަރާފައި ވަނީ އެޓޯލް ނެވިގޭޝަން ސާވިސްގެ އޭޖެންޓް ކަމުގެ ދަށުން ރާއްޖެ އައި ރިޕަބްލިކް އޮފް ނިޔޫގައި ރަޖިސްޓްރީކޮށްފައި "ޝްވޭ ލިން ޔޯން" ނަމަކަށް ކިޔާ ބޯޓެއް ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މި ބޯޓު ފަރަށް އުރުމުގެ ސަބަބުން އެ ފަރުގެ 477 އަކަމީޓަރުގެ ސަރަހައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ހަލާކުވެފައިވާކަން އީއާރްއޭ އިން ފާހަގަކޮށްފައިވެއެވެ.

އީއާރްއޭއިން ފަރަށް ލިބުނު ގެއްލުންތަކުގެ އެސެސްމެންޓް ހަދާފައި ވަނީ އުަޅަނދުގެ ވެރިފަރާތުން އައްޔަން ކުރި ސާވެޔަރުންނާ އެކީއެވެ.

މިކަމާ ގުޅިގެން އެ ޓަގު ބޯޓު ޖޫރިމަނާ ކޮށްފައި ވަނީ 12،006،200 ރުފިޔާއިންނެވެ. އަދި 30 ދުވަހުގެ ތެރޭ އެ ފައިސާ ދައްކަން ވެސް އަމުރުކޮށްފައެވެ.

Ads by Allied Insurance