ވިޔަފާރި

މި މަސް ނިމުމުގެ ކުރިން ރާއްޖެއަށް ދެ މިލިއަން ޓޫރިސްޓުން ހަމަވާނެ

ފާތިމަތު އަފްނާން ، ދެން އޮންލައިން
ވީއައިއޭ އާ ޓާމިނަލްގައި ރާއްޖެއަށް އައި ޓޫރިސްޓުންތަކެއް -- ފޮޓޯ: އެމްއޭސީއެލް

ޓޫރިޒަމަށް މިހާރު ލިބެމުންދާ ކުރިއެރުމަށް ބަލާއިރު މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރީންގެ އަދަދު މި މަސް ނިމުމުގެ ކުރިން ދެ މިލިއަނަށް އަރާނެއެވެ.

Ads by STELCO

ޓޫރިޒަމާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީން އިއްޔެ ނިޔަލަށް ނެރުނު ސްޓެޓިސްޓިކްސް ދައްކާ ގޮތުން އިއްޔެ ނިޔަލަށް ރާއްޖެއަށް ވަނީ 1,969,726 ޓޫރިސްޓުން އައިސްފައެވެ. އެހެންވެ މިމަހު 2،00،000 ޓޫރިސްޓުން ހަމަކުރަން މަދުވަނީ 30,274 ޓޫރިސްޓުންނެވެ. މިހާރު ޓޫރިސްޓުން އަންނަ އެންމެ ދަށް އަދަދުން ބަލާނަމަ މި އަދަދު އަންނަ ހަފުތާތެރޭ ހަމަވާނެއެވެ.

އެން މެފަހުގެ މައުލޫމާތުތައް ދައްކާ ގޮތުން މިހާތަނަށް މި އަހަރު ރާއްޖޭގެ ޓޫރިޒަމް ދަނީ 10 ޕަސެންޓުގެ ކުރިއެރުމެއްގައެވެ. މި އަހަރުގެ މިހާތަނަށް 1,969,726 ޓޫރިސްޓުން އައިސްފައިވާއިރު، މިދިޔަ އަހަރު އައިސްފައިވަނީ 1,790,268 ޓޫރިސްޓުންނެވެ. މިއީ 179,458 ޓޫރިސްޓުން އިތުރުވުމެކެވެ. މިހާރު ރާއްޖެއަށް އެވްރެޖުކޮށް އަންނަނީ 6,042 އެވެ.

ރާއްޖެއަށް މިވަގުތު އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމަކީ ޗައިނާ އެވެ. އެ ގައުމުން 307,722 ޓޫރިސްޓުން އައިސްފައި ވެއެވެ. ދެވަނައިގައި އޮތީ ރަޝިއާއެވެ. އެ ގައުމުން 248,308 މީހުން އައިސްފައި ވެއެވެ.

ސަރުކާރުން ވަނީ މި އަހަރު 2.2 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށް އަންދާޒާކޮށްފައެވެ. މިދިޔަ އަހަރު އައިސްފައިވަނީ ދެ މިލިއަން ޓޫރިސްޓުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!