ޔުމްނުގެ މައްސަލައިގައި ހައްޔަރުކުރި ރައުދަށް މާދަމާ ޙުކުމްކުރަނީ
ވޭތުވެދިޔަ އޭޕްރީލްމަހުގެ 18ވަނަ ދުވަހުގެރޭ މާލޭ އިމާރާތަކުން މީހަކު ވެއްޓި ހިނގި ހާދިސާއާ ގުޅިގެން ހައްޔަރުކުރި ރައުދު އަހުމަދު ޒިލާލަށް މާދަމާ ޙުކުމް ކުރުމަށް ކުރިމިނަލް ކޯޓުގައި ތާވަލްކޮށްފިއެވެ.
ހ.ފެންޓެނޯއީގެއިން ޖެހިގެން ހުރި ހ.މިޓާޒްގޭގެ ފުރާޅު މައްޗަށް ، ޔުމްނު ރަޝީދު ވެއްޓުމާ ގުޅިގެން ރައުދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއަކީ އެހީތެރިކަމަށް ބޭނުންޖެހިފައިވާ މީހަކަށް، އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ދައުވާއެވެ. ރައުދު ވަނީ އޭނާގެ މައްޗަށް އުފުލާފައިވާމި ދައުވާއަށް ޝަރީޢަތުގެ އަޑު އެހުމުގައި އިއުތިރާފުވެފައެވެ.
މި މައްސަލައިގެ ހުކުމް ކުރުމަށް ކުރިމިނަލް ކޯޓުގައި ތާވަލްކޮށްފައި ވަނީ މާދަމާގެ 13:00ށެވެ.
ޔުމްނު ރަޝީދު އިމާރާތުން ވެއްޓުނު ޙާދިސާގައި އޭނާއަށް އައިޖީއެމްއެޗް ހޮސްޕިޓަލްގެ ވެންޓިލޭޓަރުގައި ފަރުވާ ދިނުމަށް ފަހު، އިތުރު ފަރުވާ ހޯދައިފައި ވަނީ މެލޭޝިއާއިންނެވެ.

