ޚަބަރު

ފުލުހުންގެ އިސްވެރިންނާ އެކު ކޮފީ ބައްދަލުވުމެއް ބާއްވަނީ

ފާތިމަތު ރޫހީ ، ދެން އޮންލައިން

މާލެ ސިޓީގެ ހަތަރު ޕޮލިސް ސްޓޭޝަންގެ އިސްވެރިންނާ އެކު އާންމުންނަށް ހުޅުވައިލައިގެން ހާއްސަ ކޮފީ ބައްދަލުވުމެއް ބޭއްވުމަށް މާލޭ ޕޮލިސްއިން ނިންމައިފިއެވެ.

Ads by MPL

މި ބައްދަލުވުމުގެ މަގުސަދަކީ އާންމުންނާއި ފުލުހުން ގުޅިގެން، މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް މަޝްވަރާކޮށް، ޚިޔާލު ބަދަލުކުރުމެވެ.

މި ބައްދަލުވުން އޮންނާނީ 2025 ޑިސެމްބަރު 18 ވާ ބުރާސްފަތި ދުވަހު، ހަވީރު 16:00އިން 17:00 އަށެވެ. މި ހަރަކާތުގައި ހެންވޭރު ޕޮލިސް، ގަލޮޅު ޕޮލިސް، އަދި މާފަންނު ޕޮލިސް ސްޓޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެކަމަށް ފުލުހުން ބުނެއެވެ.

މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާ ތަންތަނަކީ:

  • ލަވިސްޓާ ރެސްޓޯރަންޓް، ހެންވޭރު (ހެންވޭރު ޕޮލިސް)
  • ފޮރެސްޓާ، ގަލޮޅު (ގަލޮޅު ޕޮލިސް)
  • ވެސްޓް ޕާކް، މާފަންނު (މާފަންނު ޕޮލިސް)

ފުލުހުން ވިދާޅުވެފައިވާ ގޮތުގައި، މި ބައްދަލުވުމަކީ އާންމުންނަށް އެމީހުންގެ ކަންބޮޑުވުންތައް ހިއްސާކޮށް، މުޖުތަމަޢުގެ ސަލާމަތަށް ޚިޔާލު ހުށަހެޅުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.

ފުލުހުން ވަނީ މި ހަރަކާތުގައި ބައިވެރިވެ، މުޖުތަމަޢުގެ ސަލާމަތަށް ޓަކައި އެއްބާރުލުން ދިނުމަށް ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވައިފައެވެ.

Ads by Allied Insurance