ޚަބަރު

ފުލުހުންގެ އޮޕަރޭޝަނަލް ހިދުމަތްތައް އިތުރަށް ވަރުގަދަކުރަން ބޮޑު ކޮންފަރެންސްއެއް ފަށައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ދިވެހި ފުލުހުންގެ ހިދުމަތުގެ އޮޕަރޭޝަނަލް މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމަށް ބޮޑު ކޮންފަރެންސްއެއް މިއަދު ފަށައިފިއެވެ.

Ads by MPL

“ލޯކަލް ޕޮލިސިންގ ކޮންފަރެންސް”ގެ ނަމުގައި މިއަދު އެ ކޮންފަރެންސް ފެށީ ޕެރަޑައިސް އައިލެންޑް ރިސޯޓް އެންޑް ސްޕާގައިޕެރަޑައިސް އައިލެންޑް ރިސޯޓް އެންޑް ސްޕާގައެވެ.

މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ އެ ކޮންފަރެންސްގެ މަގުސަދަކީ ފުލުހުންގެ ހިދުމަތުގެ އޮޕަރޭޝަނަލް މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ، އެކަމަށް ބޭނުންވާ ޕްލޭނެއް ތައްޔާރު ކުރުން ކަމަށް ފުލުހުން ބުންޏެވެ.

އެ ކޮންފަރެންސްގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ހުރިހާ ބަހާއެއް ހިމެނޭގޮތަށް ޖުމްލަ 170 ބައިވެރިން ބައިވެރިވެއެވެ.

މިދިޔަ އޮކްޓޫބަރު މަހު ފުލުހުންގެ ހިދުމަތް ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކޮށްފައިވާ އިރު ފުލުހުންގެ ހިދުމަތް އިތުރަށް ހަރުދަނާކުރުމަށް މިހާރު ވެސް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ފުލުހުންގެ އަމިއްލަ އިމާރާތްތަކެއް ގިނަ ރަށްރަށުގައި އެޅުމަށް ވެސް ސަރުކާރުން މިހާރު ދަނީ މަސައްކަތްތައް ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!