ޚަބަރު

ފާސްކޮށްފައިވާ ބަޖެޓަށްވުރެ އިތުރަށް ހަރަދުނުކުރަން އަންގައިފި

ދެން އެމްވީ ، ދެން އޮންލައިން

ދައުލަތުގެ އޮފީސްތަކުން ހަރަދު ކުރަންވާނީ، އެ އޮފީހަކަށް ބަޖެޓުން ފާސްކޮށްފައިވާ މިންވަރަށްވުރެ އިތުރު ނުވާނެ ގޮތެއްގެ މަތިންންކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

Ads by STELCO

ފިނޭންސް މިނިސްޓްރީން ނެރެފައިވާ މާލިއްޔަތާއި ބެހޭ ސާކިއުލާއެއްގައި ބުނެފައިވަނީ ރައްޔިތުންގެ "މަޖިލީހުން ފާސްކުރާ ދައުލަތުގެ ބަޖެޓު ބައިކުރުމާއި އެއްބައިން އަނެއް ބަޔަށް ބަދަލުކުރުމުގެ އުސޫލު" އާއި އެއްގޮތަށް މި އަހަރުން ފެށިގެން ދައުލަތުގެ އެންމެހާ އޮފީސްތަކުން އަމަލުކުރަން ވާނެ ކަމަށެވެ.

މި އުސޫލުގެ 5 ވަނަ މާއްދާ ގައި ބަޔާންކޮށްފައި ވަނީ ދައުލަތުގެ އޮފީސްތަކުން އާންމު ބަޖެޓުން ހަރަދު ކުރަންވާނީ، އެ ބަޖެޓުގައި ދައުލަތުގެ އޮފީހަކަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މިންވަރަށްވުރެ އިތުރު ނުވާނެ ގޮތެއްގެ މަތިންނެވެ. އަދި ދައުލަތުގެ އޮފީހަކުން އާންމު ބަޖެޓަށްވުރެ އިތުރަށް ކޮންޓިންޖެންސީގެ ގޮތުގައި ހަރަދު ކުރަންވާނީ، މިނިސްޓަރު އޮފް ފިނޭންސްގެ ހުއްދައާއެކު، އާންމު ބަޖެޓުގައި ދައުލަތުގެ އޮފީހަކަށް ކަނޑައަޅާފައިވާ ފައިސާގެ 5 އިންސައްތަ އަށްވުރެ އިތުރު ނުވާނެ ގޮތެއްގެ މަތިންކަމަށެވެ.

ފިނޭންސް މިނިސްޓްރީން ނެރެފައިވާ މި ސާކިއުލާގެ މަގުސަދަކީ، 2020ވަނަ އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގެ ސިޔާސަތުތަކުގެ ދަށުން ބަޖެޓު ތަންފީޒުކުރުމުގައި ދައުލަތުގެ އޮފީސްތަކުން އަމަލު ކުރަންވީގޮތް ދައުލަތުގެ އިދާރާތަކަށް އޮޅުން ފިލުވައިދީ، ދައުލަތުގެ އޮފީސްތަކަށް ފާސްކޮށްފައިވާ ބަޖެޓާއި އެއްގޮތަށް ބަޖެޓު ތަންފީޒު ކުރުމަށް ބާރު އެޅުމެވެ. މި ސަރކިއުލަރއަށް ކައުންސިލްތައް ފިޔަވައި ދައުލަތުގެ އެންމެހާ އޮފީސްތަކުން ޢަމަލުކުރަންވާނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!