ޚަބަރު

މަސްވެރިންގެ މުޒާހަރާ: ތިން ދޯނި ހިފަހައްޓައި ތިން ބިދޭސީއަކު ހައްޔަރަށް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ބޮޑު ކަންނެލި މަސްވެރިންގެ ޖަމިއްޔާއިން އިސްވެ މަސްވެރިންނާ އެކު ކުރަމުންދާ މުޒާހަރާގެ ތެރެއިން ފުލުހުން ތިން ދޯންޏެއް ހިފަހައްޓައި ތިން މީހަކު ހަައްޔަރުކޮށްފިއެވެ.

Ads by STELCO

ފުލުހުން މައުލޫމާތު ދިން ގޮތުގަައި އިއްޔެ އިން ފެށިގެން މަސްވެރިން ކުރަމުންދާ އިހުތިޖާޖުތަކުގައި 24 ގަޑިއިރު ފުލުހުން ވަނީ އިހުތިޖާޖު ކުރަމުން ދިޔަ ފަރާތްތަކާ މުއާމަލާތުކޮށްފައެވެ. އަދި މި އިހުތިޖާޖުތަކުގައި ބިދޭސީން ބައިވެރިވަމުންދާކަން ފާހަގަވެފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާކަން ފާހަގަކުރެވުމުން އިހުތިޖާޖުގައި ބިދޭސީން ބައިވެރި ނުކުރުމަށް ނަސޭހަތް ދީފައިވާ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ އެ ސަރަހައްދަކީ މާލެ ކައިރީގައި އެންމެ ކާރުބާރު ބޮޑު އަދި ގިނަ އުޅަނދުފަހަރު ދަތުރުކުރާ ސަރަހައްދަކަށްވުމާ އެކު އެކަމުގެ ސަބަބުން އިއްޔެއާއި މިއަދު ވެސް އެސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ދަތިތައް ދިމާވަމުންދާ ކަމަށެވެ.

މާލެ ކައިރިން ދަތުރުކުރާ އެހެން އުޅަނދުތަކަށް ދަތިނުވާގޮތަށް އަމަލުކުރުމަށް ނަސޭހަތް ދީފައިވާ ކަމަށް ބުންޏެވެ. އަދި އުޅަނދުތަކަށް ހުރަސް ނޭޅުމަށާއި މާލެގޭ ފަޅަށް ވަދެ ނުކުމެހަދާ އެހެން އުޅަނދުތަކަށް ހުރަސް ނޭޅުމަށް ނަސޭހަތް ދިން ކަމަށް ބުންޏެވެ.

ފުލުހުން ބުނީ އެ ފަދައިން ތަކުރާރުކޮށް ނަސޭހަތް ދިން ނަމަވެސް ފުލުހުންގެ އަންގާފައިވާ މި އެންގުންތަކަށް އިހުތިޖާޖުގެ ބައިވެރިން އިޖާބަ ދީފައި ނުވާ ކަމަށެވެ.އަދި އިހުތިޖާޖުގެ ބައިވެރިން އެކަންކަމަށް ދެކޮޅުހަދައިފައިވާ ކަމަށް ބުންޏެވެ.

އިހުތިޖާޖުގައި ބައިވެރިވި ފަރާތްތަކަށް ތަކުރާރުކޮށް ނަސޭހަތްތެރިވުމުން ވެސް އެކަމަށް އިޖާދީފައިނުވުމުގެ އިތުރުން ބިދޭސީން އިހުތިޖާޖުގައި ބައިވެރިވަމުންދާތީ އިމިގްރޭޝަން ގުޅިގެން ބިދޭސީންގެ މައުލޫމާތު ހޯދައި ޗެކްކުރުމުގެ މަސައްކަތް މިއަދު މެންދުރު ފަހު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެގޮތުނާ އެ މަސައްކަތަށް މިއަދު މެންދުރު ފަހުން ފެށިގެން ފުލުހުން އިހުތިޖާޖުގައި ބައިވެރިވަމުން ދިޔަ ބައެއް ދޯނިތަކަށް އަރައިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ފުލުހުން ބުނީ ދޯނިތަކަށް އެރުމުން މަސްވެރި ޔޫނިއަނުން އެކަމާ ދެކޮޅު ހަދައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި އެކަން ނުކުރުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވުމުން ވެސް އެކަމަށް އިޖާބަދީފައިނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ފުލުހުން ބުނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އިހުތިޖާޖުގައި ބައިވެރިވި ދޯނިތަކުގެ ތެރެއިން 3 ދޯންޏެއް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!