ޚަބަރު

އައްޑޫ ހައި ސުކޫލު ހަމަނުޖެހުން؛ ދަރިވަރު ވެސް ސަސްޕެންޑުކޮށްފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

އައްޑޫ ހައިސުކޫލުގައި ،ޓީޗަރަކާއި ދަރިވަރާ ދެމެދު ހިނގި ހަމަނުޖެހުމާ ގުޅިގެން ދަރިވަރު ވެސް ސަސްޕެންޑުކޮށްފިއެވެ.

Ads by STELCO

އެޑިއުކޭޝަން މިނިސްޓްރީއިން މީޑިއާތަކަށް މައުލޫމާތު ދިން ގޮތުގައި މިއަދު ވަނީ އެ ދަރިވަރަށް ފިޔަވަޅު އަޅައިފައެވެ. އެ ގޮތުން އެ ދަރިވަރު ސަސްޕެންޑުކޮށް އަހުލާގު ކިޔަވައިދޭ ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް ވަނީ އަންގައިފައެވެ. އަދި އެ ދަރިވަރު އެ ޕްރޮގްރާމް ފުރިހަމަ ކުރަންދެން ސަސްޕެންޝަންގައި ބަހައްޓާނެ ކަމަށް ވެސް ބުނެފައިވެއެެވެ.

އެފަދަ އަހުލާގީ މައްސަލަތަކުގައި މީގެ ކުރިން ދަރިވަރުން ސަސްޕެންޑްކުރަމުން އައި ނަމަވެސް އިއްޔެއާ ހަމައަށް އޮތީ ހުއްޓައިލައިފައި ކަމަށް ވެސް އެޑިޔުކޭޝަނުން ބުނެފައިވެއެވެ. ނަމަވެސް މިހާރު ޓީޗަރުންގެ ގަޔަށް އަތްލައި ކްލާސްތެރޭގައި އެ ފަދަ ގޮތަށް އުޅޭ ނަމަ ދަރިވަރުން ސަސްޕެންޑްކުރުމަށް ނިންމައިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

އިއްޔެ އައްޑޫ ހައި ސުކޫލުގައި ހިނގި މި ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމު ވެފައިވެއެވެ. އެ ވީޑިއޯތަކުގައި ދަރިވަރު ވެސް ޓީޗަރު ވެސް އަތް އިސްކުރާ މަންޒަރު ފެނެއެވެ.

މި ހާދިސާއާ ގުޅިގެން ޓީޗަރު ވެސް ވަނީ ސަސްޕެންޑު ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!