Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކޮއްދިއްޕަރު ބަންދުކޮށް، އަލާމާތްތައް ހުރި މުވައްޒަފަކު ޓްރީޓޮޕުގައި އެޑްމިޓްކޮށްފި

ގްރޭންޑް ޕާކް ކޮއްދިއްޕަރު ރިސޯޓުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުނު މުވައްޒަކު ހާލުބޮޑުވުމާ ގުޅިގެން ހުޅުމާލޭގެ ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.

ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ އެ ރިސޯޓުން ބައްޔަށް ޝައްކު ކުރެވެނީ އެ ރިސޯޓުގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފަކަށް ކަމަށެވެ. އެގޮތުން އޭނާ ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވަނީ އޭނާގެ ބަލި ހާލަތު ގޯސްވެފައިވާތީ ޑޮކްޓަރުން އިތުރަށް ބެލުމަށްޓަކާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

އަދި އޭނާގެ ހެދި ފުރަތަމަ ޓެސްޓުގެ ނަތީޖާ ކޮވިޑަށް ނެގެޓިވް ކަމަށް ދައްކާފައިވާ ކަމަށާއި، ނަމަވެސް އޭނާގެ ދެވަނަ ޓެސްޓު ވެސް ނެގެޓިވް ވަންދެން އޭނާއާ ކޮންޓެކްޓް ވެފައިވާ މީހުން އައިސޮލޭޝަނުގައި ބޭތިއްބުމަށް ޑޮކްޓަރުން ނިންމާފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

ކޮއްދިއްޕަރު ރިސޯޓުގެ އިތުރުން މިހާރު މޮނީޓަރިންގެ ހާލަތުގައި އޮތީ ޖޮވެލި މޯލްޑިވްސް ރިސޯޓާއި، ބޮޑުފުށި ރިސޯޓުގެ އިތުރުން މޯލްޑިވިއާނާ ސަފާރީ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑަށް ވަނީ ޖުމްލަ 20 މީހަކު ޕޮޒިޓިވް ވެފައެވެ. އޭގެތެރޭގައި ހިމެނެނީ ފަސް ދިވެހިންނާއި 15 ބިދޭސީންނެވެ. ބައްޔަށް ޕޮޒިޓިވްވި 15 މީހަކު މިހާތަނަށް ވަނީ ރަނގަޅުވެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް