މާލޭގައި އިމާރާތްކުރަމުން ދަނިކޮށް ޖެހިގެން ހުރި ގޭގެ ތަޅުންގަނޑު އަޑިއަށް ގޮސްފި
މާލޭގައި ގެއެއް އިމާރާތްކުރަމުން ދަނިކޮށް ޖެހިގެން ހުރި ގޭގެ ތަޅުންގަނޑު ގަނބައިގަނެފިއެވެ.
މާލެ ސިޓީ ކައުންސިލުން ވަނީ މި ކަން އެކްސްގައި ޕޯސްޓްކޮށްފައެވެ. ތަޅުންގަނޑު ގަނބައިގަތީ މާފަންނު ނަސީމީހިނގުމުގައި ހުރި ގެއެއްކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
މާލޭގެ މޭޔަރު އާދަމް އާޒިމްއާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު ވަނީ މިއަދުގެ ވަގުތެއްގައި އެ ގެއަށް ވަޑައިގެން ހާލަތު ބައްލަވައިފައިވެއެވެ.

