ޚަބަރު

ވިޔަފާރިނުކުރާ ފަރާތްތައް ޓެކުހުގެ ދަފުތަރުން އުނިވާން ފުރުސަތެއް

ދެން އެމްވީ ، ދެން އޮންލައިން

ޓެކުހަށް ރަޖިސްޓްރީކޮށް، އެކަކު ވިޔަފާރި ނުކުރާ ފަރާތްތައް ޓެކުހުގެ ދަފުތަރުން އުނިވާން ފުރުސަތެއް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ދީފި އެވެ.

Ads by STELCO

މީރާއިން ބުނި ގޮތުގައި އެ އޮތޯރިޓީގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ތެރޭގައި ވިޔަފާރި ނުކުރާ ފަރާތްތަކާއި އެ ފަރާތްތަކަށް ލިބޭ އާމްދަނީ އަށް ބަލާއިރު ޓެކްސް ނެގުމާއި ބެހޭ އިދާރީ ގާނޫނުގެ ދަށުން، ރަޖިސްޓްރީ ކުރަން ލާޒިމްނުވާ ގިނަ ފަރާތް ތަކެއް ހިމެނޭކަން ފާހަގަވެފައިވާ ކަމަށެވެ.

ޓެކްސް ނެގުމުގެ ގާނޫނު އޮންނަ ގޮތުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން ވިޔަފާރިއެއް ނުކުރިނަމަވެސް ޓެކްސް ބަޔާން ހުށަހެޅުން ފަދަ ޓެކުހާ ގުޅޭ އިލްތިޒާމްތައް ފުރިހަމަ ނުކުރުމަކީ ގާނޫނީ ގޮތުން ޖޫރިމަނާވާ ކަމެކެވެ. އެހެންކަމުން ވިޔަފާރިކުރާ އަމިއްލަ ފަރުދުން ރަޖިސްޓްރީ ކުރުމާއި ބީޕީޓީ ބަޔާން ހުށަހެޅުމާއި ކުދި ވިޔަފާރިތަކުން ހިސާބުތައް ތައްޔާރު ކުރުމާއި އޮޑިޓް ކުރުމަށް ބޮޑު ލުއިތަކެއް 2017 ވަނަ އަހަރު މީރާއިން ދީފައިވެ އެވެ.

މީރާއިން ބުނީ 2007 ވަނަ އަހަރު މި ލުއިދިން ނަމަވެސް ޓެކުހާ ގުޅިގެން އަދާކުރަން ޖެހޭ އިލްތިޒާމްތައް އަދާ ނުކުރެވިގެން ކުދި ވިޔަފާރި ތަކަށް އެކިއެކި ދަތިތައް ކުރިމަތިވަމުންދާކަމުގެ ޝަކުވާ ލިބެމުން ދާ ކަމަށެވެ.

އެހެންކަމުން ޓެކްސް ނެގުމުގެ އިދާރީ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ރަޖިސްޓްރީ ކުރުމުގެ ޝަރުތު ހަމަނުވާ ފަރާތްތަކުން ރަޖިސްޓްރީ އުނިކުރުމަށް އެދޭ ފޯމް (މީރާ 106) ފުރިހަމަ ކުރުމަށްފަހު ރަޖިސްޓްރީން އުނިކުރަން ހުށަހަޅަން އެދޭ ކަމަށް މީރާ އިން ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!