ލައިފްސްޓައިލް

މި ދުވަސްކޮޅު ބިޓާ ވަރަށް މައްސަލަ ޖެހޭދޯ؟

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 އާއި ގުޅިގެން ދުނިޔެ މިވަނީ ހުއްޓުމަކަށް އައިސްފައެވެ. ގައުމުތައް ވަނީ ލޮކްޑައުންކޮށްފައެވެ. ޒަރޫރީ ބޭނުންތަކަށް ނޫނީ ބޭރަށް ދިޔުން މަނަލެވެ. އިޖުތިމާއީ ގައިދުރުކަން ބަހައްޓަން ޖެހެއެވެ. މިހުރިހާ ކަމަކާއެކު އަހަރެމެންގެ ދުވަހުގެ ރޫޓިން އަށް މިވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ގޭގައި އޮންނަން ޖެހި ރަހުމަތްތެރިންނާއި ލޯބިވެރިންނާއި ބައްދަލުކުރުމަށް މިވަނީ ހުރަސްއެޅިފައެވެ.

Ads by STELCO

އެއް ރަށުގައި ތިބެމެ ވެސް ލޯންގް ޑިސްޓެންސިން ރިލޭޝަންޝިޕް އެއްގައި އުޅެން ޖެހުމަކީ ފަސޭހަކަމެއް ނޫނެވެ. ލޯންގް ޑިސްޓެންސިން ރިލޭޝަންޝިޕްތަކަކީ ވަރަށް ބޮޑު ކޮމިޓްމެންޓެއް އެއަަށް ދޭން ޖެހޭ ގުޅުމެކެވެ. އެހެންނޫންނަމަ ދެމީހުންގެ ދޭތެރޭގައި މައްސަލަތައް ޖެހުމަކީ ދުރުގައިވާ ކަމެއް ނޫނެވެ. ލޯބިވެރިޔާ ނުވަތަ ރަހުމަތްތެރިއެއް ކަމުގައި ވީނަމަވެސް މެއެވެ.

ކޮންމެ ދުވަހަކު ދިމާވަމުންއައި މީހުންނާއި ދިމާނުވެ ތިބެން ޖެހުމަކީ ވެސް ގުޅުންތަކުގެ މެދުގައި މައްސަލަތައް ޖެހުމަށް މެދުވެރިވާ ކަމެކެވެ. އެގޮތުން ލޯބިވެރިޔާ މަތިން މާ ބޮޑަށް ހަނދާންވެ އެކަމާއި ގުޅިގެން ރުޅިގަދަވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ނުވަތަ މާ ބޮޑަށް މިސްވެގެން ޒުވާބު ކުރުމަކީވެސް ބައެއް މީހުންގެ މިޒާޖުގައި ހަރުލާފައި ހުންނަ ކަމެކެވެ.

ނަމަވެސް ގޭގައި އަދި މަޑުކޮށްލަން ޖެހުމަކީ ގުޅުން ތަކަށް އޮތް ހުރަހަަކަށް ވެގެންނުވާނެއެވެ. މާބޮޑަށް ކަންކަމާއި ވިސްނުމުން ދުރުހެލިވުން ބުއްދިވެރިއެވެ. އަދި މީހަކު މަތިން މާބޮޑަށް ހަނދާންވާނަމަ ގުޅާ ހާލުބަލާލައި ވީޑިއޯ ކޯލް ކޮށްލާށެވެ. ދުރުގައި ތިބެން ޖެހިފައިވާ މި ދަނޑީވަޅުގައި ޒުވާބުތައް މަދުކޮށްލާށެވެ. ލޯބި އިސްކުރާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!