ލައިފްސްޓައިލް

ސުކޫލު ދައުރު:ހަނދާނުން ފިލައިގެން ނުދާނެ އެތައް ހަނދާންތަކެއް

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގައި ހަޔާތުގެ ދުވަސްތައް ކަޑައްތު ކުރަމުން ދާއިރު ހަމަގައިމުވެސް ތަފާތު މީހުންނާއި ދިމާވާނެއެވެ. ދިރިއުޅުމުގެ އެކި ހަރުފަތްތަކުގައި އެކި މިޒާޖުގެ އެކި މީހުންނާއި ދިމާވާނެއެވެ. އެގޮތަށް ދިމާވާ ބައެއް މީހުންނަކީ ތިބާގެ ދިރިއުޅުމުގައި އެހާ މުހިންމު އަދި ހާއްސަ ބަޔަކަށް ނުވެދާނެއެވެ. އެހެންނަމަވެސް ކޮންމެ މީހަކުވެސް ސުކޫލުގައި ތައުލީމް ހާސިލު ކުރުމަށް ހޭދަކުރާ ދުވަސްތަކަކީ ހިތުން ފިލައިގެން ދާނެ ދުވަސްތަކެއް ނޫނެވެ.

Ads by STELCO

ބޭބީ ނާސަރީ އިން ފެށިގެން، ގްރޭޑް 10 ނުވަތަ 12 ނިންމުމާއި ދޭތެރޭ ސުކޫލުގައި ކިޔެވުމަށް އެ ހޭދަކުރާ ދައުރަކީ ބައެއް މީހުންގެ ހަޔާތުގައި އެންމެ އުފާވެރި އެއް ދުވަސްވަރެވެ. ޝައްކެއްވެސްނެތް ކަމަކީ ކޮންމެ މީހެއްގެ ސުކޫލު ދައުރުގައި ވެސް ދުވަހަކުވެސް ހަނދާނުން ފޮހެވިގެން ނުދާނެ ކަންތައްތަކެއް ވެފައި ހުންނާނެ ކަމެވެ. ފަހަރުގައި އޭގެތެރެއިން ބައެއް ކަންކަމަކީ، ތިބާއަށް ރަނގަޅު ފިލާވަޅުތަކެއް ދަސްވެގެން ދިޔަ ކަންކަމެވެ.

ކްލާސް ގަޑިތަކުގައި އެކުވެރިންނާއިއެކު ސިއްރުން ސަކަރާތްޖެހުމުން ފެށިގެން ގޮސް، އެކީ ކައި އުޅުނު ހަނދާންތައް ހިތުން ފިލުވާލާކަށް ފަސޭހައެއް ނުވާނެއެވެ. ހަނދާން ނެތި ގަލަން ނުލާ އާދެވުމުން އެކުވެރިއެއްގެ ގަލަމުން ލިޔުނު ހަނދާން ގިނަ މީހުން މިއަދުވެސް ވާނެ ކަން ޔަގީނެވެ. ކްލާހުގައި އެންމެން އެކީ ޖެހި ސަކަރާތާއި ކުރި ލާނެތް ކަންކަން މަތިން ހަނދާން ވާނެއެވެ. ގޭގައި ހަދަން ހަވާލުކުރާ ފިލާވަޅުތައް ހަނދާން ނެތި ނުހަދާ ދެވުމުން އެކުވެރިއެއްގެ ފޮތުން ވަގުތުން ކޮޕީކޮށްލި މަތިންވެސް ހަނދާން ވާނެއެވެ.

މިހާރުވެސް، އެކީ ކިޔެވި ރަހުމަތްތެރިއަކު ފެނިއްޖެނަމަ، ސުކޫލު ދައުރުގައި އެކީ ހޭދަކުރި ހުރިހާ ވަގުތުތަކަކާއި ޖެހި ހުރިހާ ސަކަރާތެއް އިއްޔެ ވީކަމެއްހެން ބޮލަށް އަންނާނެ ކަން ޔަގީނެވެ. ސުކޫލު ދައުރުގައި ލިބުނު އެކުވެރިންނަކީ ދިރިއުޅުމުގެ ބާކީ ދުވަސްތަކުގައި ވެސް ޚާއްޞަ ބައެކެވެ. ހަމައެހެންމެ ކިޔެވި ދުވަސްވަރަކީ ކޮންމެ މީހެއްގެ ހިތުގައި ވެސް ހާއްސަ ޖާގައެއް ދެވިފައިވާ ދުވަސްތަކެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!