ޚަބަރު

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ރާއްޖޭގައި ދިރިއުޅޭ ބިދޭސީ އަންހެނަކު ހައްޔަރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ކްރިމިނަލް ކޯޓާއި ޑުރަގު ކޯޓު ހިންގާ އިމާރާތް--

މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ރާއްޖޭގައި ދިރިއުޅޭ ބިދޭސީ އަންހެނަކު ހައްޔަރުކޮށްފިއެވެ.

Ads by STELCO

ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ނޭޕާލްއަށް ނިސްބަތްވާ ނިޝާ ރާއީ، 21އ. އެވެ.

އޭނާގެ މައްޗަށް ކުރަނީ މަސްތުވާތަކެތި ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތެވެ.

ބަންދު އަމުރުގައިވާ ގޮތުން އޭނާއަކީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ އަންހެނެކެވެ.

ނިޝާއަށް އިނގިރޭސި ބަސް ފަހުމުނުވާތީއާއި އަދި ތަރުޖަމާނެއް ނެތުމުންކަމަށް ބުނެ ކޯޓުން އޭނާއަށް ބަންދަށް ޖަހައިދިނީ ވެސް އެންމެ ދުވަހެކެވެ. އަދި ދެން ބަންދާ މެދު ގޮތެއް ނިންމަން އޮންނަ ކޯޓަށް ހާޒިރުކުރާ ފަހަރު ތަރުޖަމާނާ އެކު ތުހުމަތު ކުރެވޭ ފަރާތް ހާޒިރުކުރުމަށް އިންވެސްޓިގޭޝަން އޮފިސަރަށް އަންގާފައިވާ ކަމަށް ވެސް ބަންދު އަމުރުގައި ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!