ޚަބަރު

ކ. ގުރައިދޫ ކައިރިން ހިފި ކިނބުލެއް ރާއްޖޭން ބޭރަށް އެއްލައިލަނީ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ކ. ގުރައިދޫ ކައިރިން ހިފި ކިނބުލެއް ސިފައިންގެ ބެލުމުގެ ދަށަށް ގެނެސް، ރާއްޖޭން ބޭރަށްލުމުގެ މަސައްކަތް ފަށައިފިއެވެ.

Ads by STELCO

އެ ކިނބުލަކީ ކ.ގުރައިދޫގެ ހުޅަނގު ދެކުނުން 1.5 ނޯޓިކަލް މޭލު ބޭރުން، "ރަންމުތް" ނަމަކަށް ކިޔާ ދޯންޏަކުން ހިފި ކިނބުލެއްކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

މިއަދު ހިފި 6 ފޫޓުގެ ކިނބޫ ސިފައިންގެ ބެލުމުގެ ދަށަށް ގެނެސް، ރާއްޖެއަށް ނާދެވޭ ގޮތަށް، ރާއްޖޭގެ އިގުތިސޯދީ ސަރަހައްދުން ބޭރަށް ދޫކޮށްލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!