ޚަބަރު

ކަރަންޓީނުން ދޫކޮށްލާ ބައެއް މީހުންނާމެދު ކަންތައް ކުރަނީ ވަރަށް ގޯސްކޮށް: މަބްރޫކް

ދެން އެމްވީ ، ދެން އޮންލައިން

ކަރަންޓީންގައި ބައިތިއްބުމަށްފަހު ދޫކޮށްލާ މީހުންނާއި ރިސޯޓުތަކުގައި މުއްދަތު ހޭދަކުރުމަށްފަހު ޢާންމުންގެ ތެރެއަށްދާ ބައެއް މީހުންނާމެދު ކަންތައް ކުރަނީ ވަރަށް އިހާނެތިކޮށް ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

Ads by STELCO

ކޮވިޑް-19ގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ ރިސޯޓުން ދޫކުރާ މީހުންނަކީ އެހެން މީހުންނަށް ވުރެ ނުރައްކާ ބޮޑު ބައެއް ނޫން ކަމަށެވެ.

އެހެން ނަމަވެސް ރަށްރަށަށް އެމީހުން ނާރުވާ މައްސަލަތައް ފެންމަތިވެފައިވާ ކަމަށް މަބްރޫކު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑުމެންނަށް އެބައިވޭ ހިތާމަވެރި ވާހަކަތައް، ރަށްރަށަށް އެމީހުން ނާރުވާ، އެއީ ބަލިބައެއްކަމަށް ބަލައިގެން ދިމާވާން ބޭނުންނުވާ ދަށުދަރަޖައިގެ ބައެއްގެގޮތުގައި އެމީހުންނާދޭތެރޭ ކަންތައްކުރާކަހަލަ ވާހަކަތައް." މަބްރޫކް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ކޮންޓެކްޓް ޓްރޭސްކޮށް އަލާމާތްތައް ފެނުނަސް ފައްސި ނުވާ މީހުންނާއި، ރިސޯޓުތަކުން ފައިވާ މީހުންނާމެދު މުޖުތަމަޢުގައި މިހާރު ދެކޭގޮތް ބަދަލުކުރަން ޖެހޭކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކު ވިދާޅުވީ މިފަދަ ކަހަލަ ނުރައްކާތެރި ދަނޑިވަޅެއްގައި މުޖުތަމައެއްގެ އަސްލު ސިފަ ފެންނަ ކަމަށެވެ. އަދި އެކަމަށް ސަމާލުވުން މުހިއްމު ކަމަށް ވެސް މަބްރޫކު ވަނީ ވިދާޅުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!