ޚަބަރު

ސްކޫލް ދަރިވަރުން ފޯނު ގެންގުޅުން ހުއްޓުވަން އަންގަވައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން

ސްކޫލް ދަރިވަރުން ފޯނު ގެންގުޅުން ހުއްޓުވަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެޑިއުކޭޝަން މިނިސްޓްރީއަށް އަންގަވައިފިއެވެ.

Ads by STELCO

ހުޅުމާލޭ ފޭސް އެކެއްގެ އަވަށު ބައްދަލުވުމުގައި ރައީސް ވިދާޅުވީ ގްރޭޑް ދިހައަކުން ފެށިގެން ދަށުގެ ގްރޭޑްތަކުގެ ދަރިވަރުންނަށް ފޯނު ގެންދިއުން މަނާ ނަމަވެސް ފޯނު ގެންދާކަމުގެ ޝަކުވާ ބޮޑުވެފައިވާ ކަމަށެވެ.

އެހެންކަމުން އެ ކަން މަނާކޮށްފައި އޮތް އޮތުން ތަންފީޒުކުރުން ހަރުކަށި ކުރުމަށް އަންގަވާފައިވާ ކަމަށް ވިދާޅުވި އެވެ.

"އިތުރަށް ސްޓްރިކްޓްކޮށް ބަލަމުންދާން އަންގަައިފައިވާނެ," ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ގްރޭޑް 11 އަދި 12ގައި ދަރިވަރުން ފޯނު ގެނެވުނު ނަމަވެސް ކްލާސް ގަޑީގައި ފޯނު ނުގެންގުޅޭ ގޮތަށް، ލޮކަރެއްގައި ބެހެއްޓުމަށް އުސޫލު ހެދުމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!