ދުނިޔެ

ހައިވާނު ބަގީޗާއެއްގައި ގެންގުޅޭ ގުރާތަކެއް، އެތަނުން ބޭރުކުރީ ހަޑިހުތުރު ބަހުން ވާހަކަ ދައްކާތީ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ލިންކޮންްޝިޔާ ނަމަކަށް ކިޔާ އިނގިރޭސިވިލާތުގެ ހައިވާނު ބަގީޗާއެއްގައި ގެންގުޅޭ 5 އެފްރިކަން ގުރާ އެތަނަށް ޒިޔާރަތްކުރާ މީހުންނާއި މުހާތަބުކޮށް ހަޑިހުތުރު ބަހުން ވާހަކަ ދައްކާތީ އެ ގުރާތައް އެ ތަނުން ބޭރުކޮށްފިއެވެ.

Ads by WAMCO

މި ހައިވާނު ބަގީޗާއަށް ގެނައި މި 5 ގުރާ ކަމުގައިވާ އެރިކް، ޖޭޑް، އެލްސީ، ޓައިސަން އަދި ބިލީ މި ހައިވާނު ބަގީޗާއަށް ގެނެސްފައިވަނީ ވަރަށް ފަހަކުންނެވެ. މި ގުރާތައް ހައިވާނު ބަގީޗާއަށް ގެނައުމަށްފަހު އެކީގައި "ކަރަންޓީން" ކުރެވިފައި ތިބި ކަމަށް ރިޕޯޓް ތައް ބުނެއެވެ. މި ކުޑަ ދުވަސްކޮޅު ތެރޭގައި މި ގުރާތައް ވަނީ އެއް ގުރާ އަނެއް ގުރައަށް ހަޑިހުތުރު ބަހުން ވާހަކަ ދައްކަން ދަސްކޮށްދީފައެވެ.

ކަރަންޓީނަށް ފަހު މި ގުރާތައް މީހުންނަށް ފެންނަ ހިސާބުގައި ބޭތިއްބުމުން، އެތަނަށް ޒިޔާރާތް ކުރާ މީހުންނާ މުހާތަބުކޮށް ވެސް މި ގުރާތައް ވާހަކަ ދައްކާފައިވަނީ ހަޑިހުތުރު ބަހުންނެވެ. މި ހައިވާނު ބަގީޗާއިން ބުނެފައިވަނީ ފާއިތުވި 25 އަހަރު ދުވަހުގައިވެސް އެތަނަށް ގެނެވުނު ހުރިހާ ގުރާތަކެއް ވެސް ހަމަ މިގޮތަށް ހަޑިހުތުރު ބަހުން ވާހަކަ ދައްކާ ކަމަށާއި އެހެން ކަމުން އެމީހުންނަށް އެއީ އައު ކަމެއް ނޫން ކަމަށެވެ.

މި ގުރާތައް މިގޮތަށް ވާހަކަ ދައްކާތީ، އެތަނަށް ޒިޔާރާތް ކުރާ މީހުންނަށްވެސް އެކަން ވަނީ މަޖާ ކަމަކަށެވެ. ޒިޔާރާތް ކުރާ މީހުން އެ ގުރާތައް ކިޔާ އެއްޗެހިން ހޭތީ، އެ ގުރާތަކަށް ލިބެނީ އިތުރު ހިތްވަރެކެވެ.

މި ގުރާތައް މި ހައިވާނު ބަގީޗާއިން ބޭރު ކޮށްފައި ވަނީ އެތަނަށް އަންނަ ކުޑަކުދިންނަށް އެފަދަ ބަސްތައް އިވިދާނެތީ ކަމަށް މީޑިއާ ރިޕޯޓް ތައް ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!