ދުނިޔެ

ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުންގެ ހަށިތައް ވެސް ލަންކާގައި ޖެހެނީ އަންދާލަން!

ދެން އެމްވީ ، ދެން އޮންލައިން

އަވަށްޓެރި ސްރީ ލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުންގެ ހަށިގަނޑުތައް ވެސް އަންދާލަން އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

Ads by Sosun Fihaara

ލަންކާގައި ކޮވިޑް-19 ޖެހިގެން ހަތް މީހުން މިހާތަނަށް މަރުވެފައިވާއިރު އޭގެ ތެރޭގައި ތިން މުސްލިމުން ހިމެނެ އެވެ. އެ ތިން މީހުންގެ އާއިލާގެ އެދުމަށް ބީރު ކަންފަތެއް ދީ ލަންކާގެ ސަރުކާރުން ވަނީ އެ ތިން މީހުންގެ ހަށިގަނޑުވެސް އަންދައިލާފަ އެވެ.

ލަންކާގެ ހެލްތު މިނިސްޓަރު އިއްޔެ ވިދާޅުވީ ކޮވިޑް-19 ޖެހިގެން ނޫނީ އެ ބައްޔަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި މީހަކު މަރުވެއްޖަނަމަ، އެ މީހެއްގެ ހަށިގަނޑު އަންދާލަން ސަރުކާރުން ނިންމަފައިވާ ކަމަށެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އަމިއްލަ ޖަމާއަތްތަކުންވެސް މިކަމާ ދެކޮޅަށް ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އެމްނެސްޓީ އިންޓަނޭޝަނަލުން ވަނީ މުޖުތަމައު ބައިބައި ނުވާ ގޮތަށް އަމަލުކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ވެސް ވަނީ ކޮވިޑް-19 ޖެހިގެން މަރުވާ މީހުން ކޮންމެހެން އަންދާލަން ނުޖެހޭ ކަމަށާއި، އެމީހުން ވަޅުލުންވެސް އެންމެ ރަނގަޅުކަމަށް ބުނެފައެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް މުއްދަތެއް ނެތް ގޮތަށް ލަންކާގައި ކާފިއު އިއުލާނުކޮށްފައިވާއިރު، އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 200 އަށް ވުރެ މައްޗަށް އަރައިފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!