ޚަބަރު

ރާއްޖޭގެ ތިން ސިޓީއެއްގައި މުފްތީ ދަރުސް ދެއްވަނީ

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއީލް މެންކް ރާއްޖެ ވަޑައިގެން ތިން ސިޓީއެއްގައި ދަރުސް ދެއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މުފްތީ މެންކް ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ވަނީ މި ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ކަމަށެވެ. އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް މުފްތީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅު ނިންމަވާލާނީ މި މަހުގެ 18 ވަނަ ދުވަހުގަ އެވެ.

މުފްތީ މެންކުގެ މި ދަތުރުފުޅުގައި މާލެ ސިޓީގެ އިތުރުން އައްޑޫ ސިޓީއާއި ކުޅުދުއްފުށި ސިޓީގައި ދީނީ ދަރުސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ޒުވާނުނުންނަށާއި ދީނީ އިލްމުވެރިންނަށް ހާއްސަ ޕްރޮގްރާމްތެއް ވެސް ކުރިއަށް ގެންދާނެ އެވެ.

މުފްތީ މެންކު ވަނީ މިދިޔަ އަހަރުގެ މެއި މަހު ވެސް ރާއްޖެ ވަޑައިގެން އައްޑޫ ސިޓީގައި ދީނީ ދަރުހެއް ދެއްވައިފަ އެވެ. އޭގެ ކުރިން ވެސް އެކި ފަހަރު މަތިން އޭނާ ވަނީ ރާއްޖެ ވަޑައިގެން ދީނީ ދަރުސްތަކެއް ދެއްވައިފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!