ޚަބަރު

344 ދަރިވަރަކު ނެޝަނަލް ސާވިސް ފުރިހަމަކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

344 ދަރިވަރަކު ދިވެހި ވަތަނީ ހިދުމަތް ނުވަތަ ނެޝަނަލް ސާވިސް ފުރިހަމަކޮށްފި އެވެ.

Ads by STELCO

ދިވެހި ވަތަނީ ހިދުމަތް ރައީސް ޑރ. މުހައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވީ މިދިޔަ އޮކްޓޫބަރު މަހުއެވެ.

އެ ޕްރޮގްރާމްގެ ފުރަތަމަ ބެޗުގައި 350 ކުދިން ބައިވެރިވިއެވެ. މިއަދު ވަނީ އެ ޕްރޮގްރާމް ފުރިހަމަކުރި 344 ދަރިވަރަކަށް ސެޓްފިކްޓް ދީފައެވެ.

ދިވެހި ވަތަނީ ހިދުމަތުގެ ހަރަކާތަކީ ތިންމަސް ދުވަހުގެ ތަމްރީނެކެވެ. އެ ތަމްރީނުގައި، ދިވެހި ގައުމިއްޔަތު، ޒިންމާދާރު ރައްޔިތުކަން، ދީނީ ތައުލީމް، ލީޑާޝިޕް، އަދި ލޭންގުއޭޖް ޕްރޮފިޝެންސީ އުނގަންނައިދެއެވެ. އަދި ހަށިހެޔޮކަމާއި ދުޅަހެޔޮކަން އިތުރުކޮށް އަށަގެންނެވުމަށް ކަސްރަތާއި ހަށިހެޔޮކަމުގެ ތަމްރީން ހިމެނެއެވެ. ހަމައެހެންމެ އަޚްލާޤާއި ސުލޫކު ހަރުދަނާކޮށް ކުރިއެރުވުމަށް އަމާޒުކޮށް ހެވިކަމުގެ ތަމްރީނު ކުރިއަށް ގެންދިޔައެވެ.

ހަމައެއާ އެކު، ފަސްޓް އެއިޑް، ފަޔާ ފައިޓިން، ސެލްފް ޑިފެންސްގެ އިތުރުން ކޭމްޕް ހަރަކާތްތައް ދަސްކޮށްދީ އަދި އަސްކަރީ ހަރަކާތް ތައާރަފުކޮށްދިނުން ވެސް މި ތަމްރީނުގައި ހިމެނިފައިވެއެވެ

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!