ދުނިޔެ

އަނބިމީހާއާއި ދަރިންގެ އުނދަގުލަށް ކެތް ނުވެގެން ލޮކްޑައުންގައި ދިޔައީ ދުއްވާލަން

ދެން އެމްވީ ، ދެން އޮންލައިން

ކޯވިޑް 19ގެ ސަބަބުން ލޮކްޑައުން ކޮށްފައިވަނިކޮށް އަނބިމީހާއާއި ދަރިންގެ އުނދަގޫ ބޮޑުވެގެން ކާރެއްގައި މީހަކު ދުއްވާލަން ނިކުމެއްޖެއެވެ.

Ads by Sosun Fihaara

ބޭރުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކޯންވޯލްގައި ބީއެމްޑަބްލިއުއެއްގައި ދުއްވަން ނިކުމެ އުޅެނު މި ފިރިހެން މީހާ އެ ސިޓީގެ ފުލުހުން ވަނީ ހިފަހައްޓާފައެވެ. އަދި ލޮކްޑައުން ގަވައިދާއި ހިލާފްވެ ބޭރަށް ނިކުމެ އުޅުނީ ކީއްވެތޯ ފުލުހުން އޭނާ ކުރެން ސުވާލު ކުރުމުން ކުޑަވަގުތު ކޮޅަކަށް އާއިލާއާއި ދުރަށް ދާން ބޭނުންވީ ކަމަށް ވެސް މީޑިއާ ބުނެއެވެ.

ޕޮލިސް އޮފިސަރުން އެހާދިސާ ޓްވީޓް ކުރަމުން ބުނެފައިވަނީ އެމީހާ ލޮކްޑައުންގެ ގަވައިދާއި ހިލާފްވީ ބޭކާރު ކަމެއްގައި ކަމަަށާއި ދަރިންނާއި އަނބިމީހާގެ އުނދަގުލުން ސަލަމާތް ވުމަށް ދުއްވަން ނިކުތުމަކީ ލޮކްޑައުންގައި ކުރަން ޒަރޫރު ކަމެއް ނޫން ކަމަށެވެ.

ފުލުހުން ވަނީ އާއްމުންގެ ގިނަ މީހުން ބޭރަށް ނުނިކުމެ ލޮކްޑައުން އަށް ތަބާވެގެން ތިބޭތީ އެކަމަށް ޝުކުރު އަދާކޮށްފައެވެ. އެހެންނަމަވެސް، ބައެއް މީހުން އަދިވެސް ގަވައިދާއި ހިލާފަށް މަގުމަތީގައި އުޅެމުންދާ ކަން ފާހަގަކޮށް އެކަން ރަނގަޅު ކުރަން ޖެހޭ ކަމަށް ވެސް އެ ސަރަހައްދުގެ ފުލުހުން ވަނީ ބުނެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!