ދުނިޔެ

އުމުރުން 90 އަހަރުގެ މީހަކާއި 85 އަހަރުގެ މީހެއް ގެ ތަފާތު ކައިވެންޏެއް!

އުމުރުން 90 އަހަރުގެ އަލްވިން ލީ އާއި 85 އަހަރުގެ ޑޮރޮތީ ޑްރިސްކެލް އަކީ ވެސް 2020 ވަނަ އަހަރުގެ ބަހާރު މޫސުމުގައި ކައިވެނިކުރަން ރޭވި އެތަކެއް ސަތޭކަ ލޯބިވެރިންގެ ތެރެއިން އެއް ޖޯޑެވެ. ކޮވިޑް19 އާއި ގުޅިގެން ކައިވެނީ ހަފްލާއެއް ބޭއްވުމަށް ދުއް ހުވަފެންތަކަށް ކުލަ ނުޖެއްސުނު ނަމަވެސް މި ދެ ލޯބިވެރިން ވަނީ ތަފާތު ގޮތަކަށް ކައިވެނިކޮށް އެންމެންގެ ސަމާލުކަން ހޯދާފައެވެ.

ލީގެ އަންހެނުން 11 އަހަރު ކުރިން މަރުވެފައިވާއިރު ޑޮރޮތީގެ ފިރިމީހާ މަރުވެފައިވަނީ މީގެ ދެ އަހަރު ކުރިންނެވެ.2019 އަހަރުގެ އެމެރިކާގެ ނިއުޔޯކް ސިޓީ އިން ދިމާވި މި ދެ ލޯބިވެރިންނަކީ ވެސް އޮހިއޯއަށް ނިސްބަތްވާ ދެމީހުންނެވެ. ދެމީހުން ދިރިއުޅޭ އަވަށުގެ ދެމެދުގައި ދެ ގަޑިއިރު ގެ ދަތުރެއް ކުރަން ޖެހެއެވެ. ލީގެ ކާފަ ދަރިފުޅު މީޑިއާ އަށް މައުލޫމާތު ދެމުން ބުނެފައިވާގޮތުގައި މި ދެމީހުން ގެ ގުޅުން ފެށިފައިވަނީ ދެ އަވަށް ދޭތެރޭގައި ބުރު ޖަހަމުން ގޮހޮއެވެ.

ޖެނުއަރީ މަހުގެ ތެރޭގައި ލީ ޑޮރޮތީ އަށް ކައިވެނި ކުރަން އަހާފައިވާއިރު ބަހާރު މޫސުމުގައި ބޮޑު ކައިވެނީގެ ހަފްލާ އެއް ބާއްވަން އެމީހުން އައީ ތައްޔާރުވަމުންނެވެ.

އެ ގައުމުގައި އިޖުތިމާއީ ގައިދުރުކަމުގެ ގަވައިދުތައް ބުނާ ގޮތުން އެއް ގެޔެއްގައި އުޅޭ މީހުން އެހެން ގޭގޭގައި އުޅޭ މީހުންނާއި ބައްދަލު ކުރުމަކީ މަނާކަމެކެވެ. އެކަމުގެ ސަބަބުން ލީ ގެ 90 ވަނަ އުފަން ދުވަސް ވެސް ފާހަގަ ކޮށްފައިވަނީ ޒޫމް މެދުވެރިކޮށް ވީިޑިއޯ ކޯލް ކޮށްގެނެވެ. އެ ހިސާބުން ޒޫމް މެދުވެރިކޮށް ކައިވެނި ކުރުމުގެ ހިޔާލު ލީ އަށް ލިބުނެވެ.

ލީ އާއި ޑޮރޮތީ ގެ ކައިވެނި ހަފްލާ އޮތީ ލީ ގެ ގޭގައެވެ. 20 ވަރަކަށް އާއިލާ މެންބަރުންނާއި ރައްޓެހިން ޒޫމް މެދުވެރިކޮށް މި ކައިވެނީގައި ބައިވެރިވެފައިވެއެވެ.

ލީގެ ކާފަދަރިފުޅު ވަނީ އެ ކައިވެނީގެ ބައެއް ވީޑިއޯތައް މީސް މިޑިއާގައި ހިއްސާ ކޮށްފައެވެ. އެއާއެކު ގިނަ ބަޔަކު އަންނަނީ އެ ދެމަފިރިންނަށް ކައިވެނީގެ މަރުހަބާ ކިޔަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!