ދުނިޔެ

އަންހެނުންނާއި މުސްކުޅިންނަށް ހިލޭ ދަތުރުކޮށްދޭ ސާރވިސްއެއް އުފައްދާ ނަމޫނާ ދައްކައިފި

ދެން އެމްވީ ، ދެން އޮންލައިން

ދުނިޔޭގެ އެކި ހިސާބުތަކުގައި މިހާރު ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ކޯވިޑް 19 ވައިރަހުގެ ސަބަބުން ގިނަ ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. އެގޮތުން ކޯވިޑް 19 ޖެހިގެން އެންމެ ބޮޑަ ދަތިތަކާއި ކުރިމަތި ލާންޖެހިފައިވަނީ އެކަނި އުޅޭ މުސްކުޅިންނާއި އަންހެނުންނަށެވެ. އެގޮތުން ގިނަ ގައުމުތަކުގައި ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް މެދުކަނޑާލާފައިވާ މި ދަނޑިވަޅުގައި ޒާރޫރީ ބޭނުންތަކަށް ބޭރަށް ދާން އެކަނިވެރި މުސްކުޅިންނަށާއި އަންހެނުންނަށް އުނދަގޫ ވާނެއެވެ.

Ads by Sosun Fihaara

އެގޮތުން އިންޑިއާގެ ދަވަރުކާ ޑިސްޓްރިކްޓްގެ ފުލުހުން މިވަނީ ވަރަށް ރަނގަޅު މަސައްކަތެއް ފަށާފައެވެ. އެ ހިސާބުގަނޑުގައި އެކަނި ދިރިއުޅެމުންދާ އުމުރުން ދުވަސްވީ މުސްކުޅިންނަށާއި، އަންހެނުން ޒަރޫރީ ބޭނުންތަކަށް ބޭރަށް ދާން ކާރުގައި ހިލޭ ދަތުރުކޮށްދޭ އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

އެގޮތުން ދަވަރުކާ ފުލުހުން އެ ހިދުމަތް ކުރިއަށް ގެންދިއުމަށްޓަކައި، މަހިންދްރާ ލޮޖިސްޓިކްސް އިން ވަނީ 5 ކާރު ވެސް ހަދިޔާކޮށްފައެވެ. ދަވަރުކާ ޕޮލިސް ސްޓޭޝަންގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ބުނީ، އެ ހިސާބުގައި ދިރިއުޅޭ މުސްކުޅިންނާއި އެކަނިވެރި އަންހެނުންނާއި އަދި ބަލި މީހުންނަށް ވެސް ހިލޭ އެ ހިދުމަތް ހޯދަން ގުޅޭނެ ކަމަށެވެ.

އެ ޑިސްޓްރިކްޓްގެ ފުލުހުން ބުނީ އެ ކާރުތަކުން ހިދުމަތް ހޯދޭނީ މާސްކް އަޅައިގެން ތިބޭ މަތިން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!