ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި 11ވަނަ އީ-ގޭޓު ހުޅުވައި، ޚިދުމަތް ދޭން ފަށައިފި
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު(ވީއައިއޭ)ގައި 11ވަނަ އީ-ގޭޓު ހުޅުވައި، ޚިދުމަތް ދޭން ފަށައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ބުނީ، މި ޚިދުމަތް ތައާރަފުކުރެވި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓާމިނަލް 1ގެ އެރައިވަލްގައި ފަސް އީ-ގޭޓު އަދި ޑިޕާޗާގައި ފަސް އީ-ގޭޓުން ޚިދުމަތުގެ އިންތިޒާމްތައް ހަމަޖެހިގެންދާނެ ކަމަށެވެ. އަދި މި ޚިދުމަތްތަކުގެ ސަބަބުން ދިވެހީންނަށް ދަތުރުފަތުރުކުރުމުގައި އިތުރަށް ލުއިފަސޭހަކަން ލިބިގެންދާނެ ކަމަށެވެ.
މި އީ-ގޭޓު ރަސްމީކޮށް ހުޅުވައިދެއްވީ، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ސީޕީ އަޙުމަދު ފަސީހެވެ. އަދި މި ރަސްމިއްޔާތުގައި ކޮމިޝަނާ އޮފް ޕޮލިސް އިސްމާޢީލް ނަވީން، މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް އަޙުމަދު ވެސް ބައިވެރި ވަޑައިގަންނަވާފައިވެއެވެ.

