ޚަބަރު

ނިމާލްގެ ޙާލު އިހުނަށް ވުރެ ރަނގަޅު

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ނިމުނު ޑިސެންބަރުމަހުގެ 31ވަނަ ދުވަހުގެރޭ ސްޓްރޯކެއް ޖެހި ފަރުވާ ހޯދަމުންދާ މަޝްހޫރު ފަންނާނު އަހުމަދު ނިމާލްގެ ޙާލު ކުރިއަށް ވުރެ ރަނގަޅުކަމަށް ޢާއިލާއިން ހާމަކޮށްފިއެވެ.

Ads by STELCO

ނިމާލްގެ ދަރިފުޅު ޖުމައްޔިލް އަހުމަދު ނިމާލް މީސްމީޑިއާގައި ބުނީ ބައްޕަގެ ޙާލު ރަނގަޅުވަމުން އަންނަކަމަށެވެ. އަދި ބައްޕައާ ބެހޭ ގޮތުން ދޮގު ޚަބަރު ނުފެތުރުމަށް ވެސް އޭނާ ވަނީ އިލްތިމާސްކޮށްފައެވެ.

ނިމާލަށް ހެޔޮ ދުޢާ ކޮށްދިނުމަށް ވެސް ޢާއިލާއިން ވަނީ އެދިފައެވެ.

ނިމާލްގެ މަރުގެ ޚަބަރު ރޭ މީސްމީޑިއާގައި ވަނީ ފެތުރިފައެވެ.

ޢުމުރުން 64އަހަރުގެ ނިމާލްއަށް ސްޓްރޯކެއް ޖެހި އެންމެ ފުރަތަމަ ފަރުވާދިނީ އޭޑީކޭ ހޮސްޕިޓަލުންނެވެ. ނަމަވެސް މިހާރު އޭނާ ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ސަރޖަރީއެއް ވެސް ރޭގައި ވަނީ ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!