ޚަބަރު

ކޮންމެހެން ރާއްޖެ އަންނަން ޖެހޭ މީހުންނަށް އެ ފުރުސަތު ދިނުމަށް މަބްރޫކް ގޮވާލައްވައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން ކޮންމެހެން ރާއްޖެ އަށް އެނބުރި އަންނަން ނުޖެހޭ ހާލަތެއްގައި ހުރިނަމަ، އެ ފުރުސަތު ހާލުގައި ހުރި މީހަކަށް ދޫކޮށްލުމަށް ތަރުޖަމާނު މަބްރޫކް އަޒީޒް ގޮވާލައްވައިފިއެވެ.

Ads by STELCO

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ މި ހާލަތުގައި އެންމެންނަށް ވެސް ދަތި އުނދަގޫތަކާ ކުރިމަތި ވާނެ ކަމަށާއި އެހެން ނަމަވެސް ތިމާއަށްވުރެ މާ ހާލުގައި ހުރި މީހަކަށް ރާއްޖެ އަންނަން ފުރުސަތު ދިނުމަށް އަމިއްލަ މީހާ މަޑުކޮށްލުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

މަބްރޫކް ވިދާޅުވީ ރާއްޖޭގައި މިވަގުތު ކަރަންޓީން ފެސިލިޓީތަކުގައި ހުރީ 1145 ކޮޓަރި ކަމަށާއި ވިސްނުމަކީ އެ ކޮޓަރިތަކަށް ނުތަކާވަރަށް މީހުން ނުގެނުމަށް ސަމާލުކަމެއް ދޭނޭނެ ކަމަށެވެ. ނަމަވެސް ކަރަންޓީން ފެސިލިޓީ ހުސްވާ މިންވަރަކުން މީހުން ގެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބޭރުގައި ތިބި ހުރިހާ ދިވެހިން ގެންނަ ވަރަށް ކަރަންޓީނު ފެސިލިޓީގެ ގޮތުގައި ރިސޯޓް ލިބެން އެބަހުރި. އެންމެން ގެނެސްގެން ހިނގާނެ ހަރަދު ކުރާނެ ބަޖެޓްވެސް އެބަ ހުރި، ނަމަވެސް ދިމާވެގެން މިއުޅޭ ދައްޗަކީ އެ ތަންތަނަށް ބޭނުންވާ ވަރަށް ސިއްހީ ހިދުމަތްތެރިން ނެތުން." މަބްރޫކް ވިދާޅުވިއެވެ.

އެގޮތުން މިވަގުތު ރާއްޖޭގައި ތިބި ނަރުހުންނާއި ޑޮކްޓަރުންގެ ތެރެއިން 45 އިންސައްތަ ތިބީ އާންމު ސިއްހީ ހިދުމަތް ދިނުމުގައި ކަމަށާއި އަނެއް 55 އިންސައްތަ ނަރުހުންނާއި ޑަކުޓަރުން ކޯވިޑަށް ހާއްސަ ކޮށްފައިވާއިރު އެ އަދަދަށް ބަލާއިރު މިވަގުތު ހިދުމަތް ދެވެން އޮތީ 1140 ކަރަންޓީނު ރޫމަށް ވާވަރަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!