ޚަބަރު

އިތުރު ފަރުވާއަށް ނިމާލު ބޭރަށް ގެންދަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން

ސްޓްރޯކެއް ޖެހިގެން ފަރުވާ ދެމުންދާ ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި އަހުމަދު ނިމާލު އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދަން ނިންމައިފިއެވެ.

Ads by STELCO

ނިމާލަށް ސްޓްރޯކެއް ޖެހުނީ ފާއިތުވި އަހަރުގެ 31ވަނަ ދުވަހުގެ ރެއެވެ. ހާލު ފުރަތަމަ ، ސީރިއަސް ނަމަވެސް ފަހުން ކުރިއަށް ވުރެ ހާލު ރަނގަޅުކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

ނިމާލްގެ ގާތް ފިލްމީ ތަރިއަކު "ދެން"އަށް ކަށަވަރުކޮށްދިން ގޮތުގައި ނިމާލު އިތުރު ފަރުވާއަށް ގެންދަން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

އުމުރުން 64އަހަރުގެ ނިމާލްއަށް ސްޓްރޯކެއް ޖެހި އެންމެ ފުރަތަމަ ފަރުވާދިނީ އޭޑީކޭ ހޮސްޕިޓަލުންނެވެ. ނަމަވެސް މިހާރު އޭނާއަށް ފަރުވާދެނީ އައިޖީއެމްއެޗްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ސާޖަރީއެއް ވެސް ވަނީ ކޮށްފައެވެ.

Ads by HDC