ލައިފްސްޓައިލް

އުމުރުން ދުވަސްވީ މީހުން ކޮފީ ބުއިމަކީ ފައިދާ ހުރި ކަމެއްތަ؟

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން

ކެފެއިން ނުވަތަ ކޮފީއަކީ ވަރަށް ޅައިރުއްސުރެ ބުއިމަށް ދެވިހިފާ އެއްޗެކެވެ. ހާއްސަކޮށް ފިރިހެނުންގެ މެދުގައި ކޮފީއަކީ މަގުބޫލު އެއްޗެކެވެ. ކޮފީއަކީ ހަށިގަނޑުގައި ވަރުޖައްސައިދީ، ފުއްޕާމޭގެ ބަލިތަކާއި އަދި ޓައިޕް 2 ޑައިބެޓިކްސްގެ ރިސްކް ވެސް ކުޑަކޮށްދޭ އެއްޗެކެވެ. ނަމަވެސް މިއީ އުމުރުން ދުވަސްވީ މީހުންނަށް ފައިދާހުރި އެއްޗެއް ހެއްޔެވެ؟

Ads by STELCO

އެމެރިކާގެ ޔުނިވާސިޓީއަކުން ނެރުނު ރިޕޯޓެއްގައި ބުނީ، އުމުރުން ދުވަސްވީ މީހުން، ހާއްސަކޮށް 55 އަހަރުން މަތީގެ މީހުން ދުވާލަކު ހަތަރު ޖޯޑަށް ވުރެ ގިނައިން ކޮފީ ބޯނަމަ ސިއްހަތަށް ނުރައްކާވެދާނެ ކަމަށެވެ. އެގޮތުން ބޮލުގައި ރިއްސުމާއި، ވަރުބަލިވުމާއި، އެންޒައިޓީގެ އިތުރުން ހިތުގެ ބަލިތަކަށް ވެސް މަގުފަހިވެދާނެއެވެ.

އޭގެ އިތުރުން ގޭސްޓްރިކްގެ އުނދަގުލާއި، ޑީހައިޑްރޭޓްވުމާއި ބްލަޑް ޕްރެޝަރުވެސް މަތިވެދާނެއެވެ. އުމުރުން 65 އަހަރުން މަތީގެ މީހުން އެންމެ ގިނައިން އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ އެއް ސަބަބަކީ ވެސް ޑީހައިޑްރޭޓްވުން ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

އެހެނަސް ކޮފީއަކީ އުމުރުން ދުވަސްވީ މީހުންނަށް ޑިމެންޝިއާ އަދި ހަނދާންނެތޭ ބަލި ޖެހުމުން ސަލާމަތްކޮށްދިނުމަށް މަގުފަހިކޮށްދޭ ކަމެއް ކަމަށް ވެސް ޑޮކްޓަރުން ބުނެއެވެ. ނަމަވެސް ދުވާލަކު ތިން ޖޯޑަށް ވުރެ ގިނައިން ބުއިން ރަނގަޅެއް ނޫނެވެ.

ކޮފީ ބުއިމުގައި އުމުރުން ދުވަސްވާވަރަކަށް ސަމާލުވުން މުހިންމެވެ. އޭގެ އިތުރުން ވެސް އެހެން ކާބޯތަކެތިން ވެސް ހަށިގަނޑަށް ފައިދާކުރަނީ ކިހާވަރަކަށްތޯ ބަލަންޖެހެއެވެ.

Ads by Ooredoo