ޚަބަރު

ޝިޕްމަންޓެއްގައި ގިނަ އަދަދެއްގެ ޑުރަގު އެތެރެކުރި ކުންފުންޏެއްގެ ވެރިޔަކު ހައްޔަރުކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މާލެ ވިޔަފާރި ބަނދަރު / ފޮޓޯ:އެމްޕީއެލް

ޝިޕްމަންޓެއްގައި ގިނަ އަދަދެއްގެ ޑުރަގު އެތެރެކުރި ކުންފުންޏެއްގެ ވެރިޔަކު ހައްޔަރުކޮށްފިއެވެ.

Ads by STELCO

ކްރިމިނަލް ކޯޓުން މިރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ ގދ.ތިނަދޫ/ގޯލްޑަން ހައުސް، މުހައްމަދު އާދިލް(57އ.) އެވެ.

ބަންދު އަމުރުގައި ބުނެފައިވާ ގޮތުން އޭނާގެ ގެ ނަމުގައިވާ ކުންފުންޏެއްގެ ނަމުގައި އެތެރެކުރި ޝިޕްމަންޓަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެެ. އެހެން ނަމަވެސް އޭގެ ތަފްސީލެއް ބަންދު އަމުރުގައި ހާމައެއް ނުކުރެެއެވެ.

އެ ކުންފުންނަކީ އުވާލުމުގެ މަރުހަލާގައި އޮތް ކުންފުންޏެއް ކަމަށާއި އަދި އެ ކުންފުނި ވިއްކާލަން އުޅެނީ އެ މައްސަލައިގައި ދެން ތުހުމަތު ކުރެވޭ ފަރާތަށް ކަމަށެވެ.

އޭނާގެ މައްޗަށް 10 ދުވަހުގެ ބަންދުގެ މުއްދަތު ޖެހިއިރު ތުހުމަތުތަކަށް ބާރުލިބޭ ވަރަށް
ކަސްޓަމްސްގެ ލިޔުންތަކާއ،ި ފުލުހުންގެ ބަޔާންތަކާއ،ި ފޮޓޯ ރިޕޯޓު އަދި އެހެނިހެން ހެކި ގަރީނާ
ހުށަހަޅާފައިވާކަމަށް ވެސް ބަންދު އަމުރުގައި ބުނެފައި ވެއެވެ.