ވިޔަފާރި

މެލިއާ ހޮޓެލްސްގެ ފުރަތަމަ ރިސޯޓް ހުޅުވައިފި

ފާތިމަތު އަފްނާން ، ދެން އޮންލައިން
ދުނިޔޭގެ މަޝްހޫރު ހޮޓެލް ބްރޭންޑެއް ކަމަށްވާ މެލިއާ ހޮޓެލްސް އިންޓަނޭޝަނަލް އިން ރާއްޖޭގައި ހުޅުވާ ރިސޯޓް

ދުނިޔޭގެ މަޝްހޫރު ހޮޓެލް ބްރޭންޑެއް ކަމަށްވާ މެލިއާ ހޮޓެލްސް އިންޓަނޭޝަނަލް އިން ރާއްޖޭގައި ހުޅުވި ފުރަތަމަ ރިސޯޓް، "މެލިއާ ވޭލް ލެގޫން މޯލްޑިވްސް" ރަސްމީކޮށް ހުޅުވައިފިއެވެ.

Ads by STELCO

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން ސީޕްލޭންގައި އެންމެ 30 މިނެޓުން ދެވޭ މި ރިސޯޓް އޮންނަނީ ސައުތު އަރި މެރިން ޕްރޮޓެކްޓެޑް އޭރިއާ  ގައެވެ. މިއީ މުޅި އަހަރު ދުވަހު ވޭލްޝާކް އަދި އެންމަޑި ފެންނަން މަޝްހޫރު ސަރަޙައްދެކެވެ.

މި ރިސޯޓުގައި ޖުމްލަ 100 ވިލާ ހުރެއެވެ. މީގެ ތެރޭގައި ހިމެނެނީ ވޯޓާ ވިލާ ހިމެނޭ ފަރުގެ ދިރުންތަކަށް ސީދާ ފޭބޭ ގޮތަށް ކަނޑުމަތީގައި ހަދާފައިވާ ކޮޓަރިތަކާއި ބީޗް ވިލާ ދޮންވެލިގަނޑާ އިންވެގެން، ހިތްގައިމު ގޮތަކަށް ހަދާފައިވާ ވިލާތައް އަދި ސަންސެޓް ސުއީޓް ވިލާތައް ހިމެނޭ އަމިއްލަ ޕޫލާއި، ބޭރުގައި ފެންވަރާނޭ އިންތިޒާމު ހިމެނޭ، އިރުއޮއްސޭ މަންޒަރު ފެންނަ ލަގްޒަރީ ކޮޓަރިތަކެވެ.

ރިސޯޓުގައި ހަތަރު ރެސްޓޯރެންޓާއި ބާ ހިމެނެއެވެ. އޭގެ ތެރޭގައި ސީ ސޯލްޓް އާއި ތާޒާ ކަނޑުމަހަށް ޚާއްޞަ އަކުއާ  ހިމެނެއެވެ. މީގެ އިތުރުން ދެ އިންފިނިޓީ ޕޫލާއި، ޖިމް އަދި 6 ފަރުވާ ދޭ ކޮޓަރި ހިމެނޭ ސްޕާއެއްވެސް ހުރެއެވެ. ރިސޯޓުގެ މުނިފޫހިފިލުވުމުގެ ޕްރޮގްރާމްގައި ލައިވް މިއުޒިކް، އައުޓްޑޯ ސިނަމާ، ކައްކަން ދަސްކޮށްދޭ ކުލާސްތަކާއި، ކުޑަކުދިންނަށް ޚާއްޞަ ހަރަކާތްތައް ހިމެނެއެވެ.

Ads by Ooredoo