ދުނިޔެ

ކޮވިޑް19 އިންޑިޔާ: މަންމައަކު އޭނާގެ 5 ދަރިން ކޯރަކަށް އެއްލާލީ ކާނެ އެއްޗެއް ނުލިބިގެން

ދެން އެމްވީ ، ދެން އޮންލައިން

އިންޑިޔާގެ އުއްތަރަ ޕްރަދޭޝް ސިޓީގައި މަންމައަކު އޭނާގެ 5 ދަރިން ކޯރަކަށް އެއްލާލި މައްސަލަ ބަލަން ފަށައިފިއެވެ.

Ads by Sosun Fihaara

އިންޑިޔާގެ ފުލުހުންނާއި ހަވާލާދީ "ޓައިމްސް އޮފް އިންޑިޔާ" ގައި ރިޕޯޓްކޮށްފައިވާ ގޮތުން އަންހެނަކު އޭނާގެ 5 ދަރިން ގަންގާ ކޯރަށް އެއްލާލި މަންޒަރު ފެނުނު މީހަކު ފުލުހުންނަށް އެކަން ރިޕޯޓްކުރުމުން އެމައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށެވެ.

"އަހަރެމެން ގޮސް އެ ފަސް ކުދިން ސަލާމަތް ކުރިން. އެކުދިންގެ ނަމާއި އުމުރު އެކުދިންގެ ރައްކަލަކަށްވަނީ ފޮރުވިފައި. 5 ކުދިންނަކީވެސް 18 އަހަރު ނުފުރޭ ކުޑަކުދިން." އެމައްސަލަ ބަލަމުން އަންނަ އިންސްޕެކްޓަރ ބުނެފައިވެއެވެ..

އޭނާގެ އަވަށު މީހުންނާ ހަވާލާދީ އިންޑިޔާގެ ނޫސްތަކުން ބުނެފައިވަނީ، މިކުދިންގެ މަންމައަކީ ދުވަހު ކުއްޔަށް މަސައްކަތް ކުރާ މީހެއް ކަމަށާއި ނަމަވެސް އިންޑިޔާ ލޮކްޑައުން ކުރުމާއި ގުޅިގެން މިކުދިންގެ މަންމަ މަސައްކަތު ނުދެވޭތީ ކުދިންނަށް ކާން ނުދެވޭ ކަމަށެވެ. އަދި އޭނާ ވަރަށް ގިނައިން އެކުދިން ހެއްދެވި ފަރާތާ ހަވާލު ކުރާނެ ކަމަށް ބުނަމުން އަންނަ ކަމަށާއި މިގޮތަށް ކަންތައް ކުރީ އެކަން ހާސިލް ކުރަން ބެލެވޭ ކަމަށެވެ. ގަންގާ ކޯރަކީ ބައެއް ހިސާބުތަކުގައި މީހުން އަޅުކަން ކުރަންދާ ކޯރެކެވެ.

ނަމަވެސް ފުލުހުން ބުނެފައިވަނީ، ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ހުރި މިއަންހެން މީހާ އޭނާގެ ފިރިމީހާއާ އެދުވަހު ޒުވާބު ކުރި ކަމަށާއި ބެލެވޭ ގޮތުގައި ދަރިން އެއްލާލީ ބައްޕަ އެކުދިން ނުބެލުމުން ކަމަށެވެ.

އިންޑިޔާ މިހާރު ލޮކްޑައުންކޮށްފައިވާއިރު، ރައްޔިތުންނަށް ދިމާވެފައިވާ ކަންބޮޑުވުންތަކުން ސަލާމަތް ކުރަން ސަރުކާރުން މަސައްކަތް ކުރަމުން ނުދާކަން ދުނިޔޭގެ މަޝްރަޙް ދިރާސާ ކުރާ ފަރާތްތަކުން ދަނީ ހާމަކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!