ޚަބަރު

ފްލައިން ސްކޫލްގެ ބޯޓެއް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

އައްޑޫ ސިޓީ ގަމުގައި ހިންގާ އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް ފްލައިން ސްކޫލްގެ ބޯޓެއް ވެއްޓިއްޖެއެވެ.

Ads by STELCO

މި ހާދިސާގައި ހިނގަން މެދުވެރިވި ސަބަބެއް އަދި އެނގިފައިނުވާއިރު، މައުލޫމާތު ލިބޭ ގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ފްލައިޓަށް އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބޯޓު ވެއްޓުނު އިރު ބޯޓު ދުއްވަންއިނީ ލަންކާ އަށް ނިސްބަތްވާ ފިރިހެނަކާއި އިންޑިއާގެ އިންސްޓްރަކްޓަރެކެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ލޭންޑިން ގިއާ(ކުރީ ދެ ފުރޮޅު) ގައި މައްސަލައެއް ޖެހިގެން ކަމަށްވެސް މައުލޫމާތު ލިބެއެވެ. އެގޮތުން މި ހާދިސާގައި ބޯޓުގެ ކުރިމަތީގައި އިންނަ ބުރަފަތި ވެސް ވަނީ ބިންދައިގެން ގޮސްފައެވެ.

މިފަދަ ހާދިސާއެއް މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ވެސް ހިނގާފައިވެއެވެ. އެގޮތުން އެ ހާދިސާގައި ފްލައިން ސްކޫލްގެ ބޯޓު ވެއްޓުނީ ޝަންގްރިއްލާ ކައިރީ ކަނޑަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!