މުދަލު ޒަކާތް ދެއްކި މިންވަރު ދަށްވެެއްޖެ

2020 ވަނަ އަހަރުގެ މިހާތަނަށް މުދަލު ޒަކާތް ދެއްކި މިންވަރު 24 އިންސައްތަ ދަށްވެފައިވާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މީރާގެ މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، އެ އަހަރު މުދަލު ޒަކާތުގެ ގޮތުގައި އޯގަސްޓް މަހުގެ ނިޔަލަށް މީރާއަށް ބަލައިގެންފައި ވަނީ 33.3 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލު ޒަކާތުގެ ގޮތުގައި 44 މިލިއަން ލިބިފައިވެއެވެ.
މިދިޔަ އަހަރުގެ އޮގަސްޓު މަހު މުދަލު ޒަކާތުގެ ގޮތުގައި އެކަނި 9.5 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރު އޮގަސްޓް މަހު މުދަލު ޒަކާތުގެ ގޮތުގައި ދައްކާފައިވަނީ 8.3 މިލިއަން ރުފިޔާއެވެ.
އިސްލާމިކް މިނިސްޓްރީން ކުރިން ބަލައިގަންނަމުން އައި މުދަލު ޒަކާތް މީރާއިން ބަލައިގަންނަ ގޮތަށް ހަމަޖެއްސީ 2016 ވަނަ އަހަރު އެވެ.