ޚަބަރު

ބީއެމްއެލް ކްރެޑިޓް ކާޑު ލިމިޓް ދެގުނަ ބޮޑުކޮށްފި

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން
ބީއެމްއެލްގެ ކާޑަކުން ވިޔަފާރިކުރަނީ/ ފޮޓޯ: ބީއެމްއެލް

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކްރެޑިޓް ކާޑު ލިމިޓް ދެ ގުނަ ބޮޑުކުރަން ނިންމައިފިއެވެ.

Ads by STELCO

އަންނަ އާދީއްތަ ދުވަހުން ފެށިގެން ބީއެމްއެލްގެ ކްރެޑިޓް ކާޑުތަކުގެ ލިމިޓް 750 ޑޮލަރުން 1400އަށް ބޮޑުކުރަން ވަނީ ނިންމައިފައެވެ. އަދި ގޯލްޑް ކްރެޑިޓް ކާޑުތަކުގެ ލިމިޓް 750 ޑޮލަރުން 1500 ޑޮލަރަށް ވަނީ މަތިކޮށްފައެވެ. އޭގެ އިތުރުން، ޕްލެޓިނަލް ކްރެޑިޓް ކާޑުތަކުގެ ލިމިޓް 1500 ޑޮލަރުން 3000 ޑޮލަރަށް ވަނީ މަތިކޮށްފައެވެ.

ބީއެމްއެލްއިން ވަނީ މި ބަދަލާ އެކު އާންނަ އާދީއްތަ ދުވަހުން ފެށިގެން ޑެބިޓް ކާޑުތަކުގެ ލިމިޓު ވެސް މަތިކޮށްފައެވެ. އެގޮތުން މި ބަދަލާ އެކު ބޭސްފަރުވާގެ ބޭނުމަށާއި ދަތުރުފަތުރުގެ ބޭނުމަށް ބޭރުގައި ހަރަދުކުރެވޭ މިންވަރު ވަނީ މަހަކު 3000 ޑޮލަރަށް މަތިކޮށްފައެވެ.

ބީއެމްއެލްއިން ބުނީ މިބަދަލާ އެކު ރާއްޖޭން ބޭރަށް ދަތުރުކުރަން ބޭނުންވާ ބީއެމްއެލްގެ ކަސްޓަމަރުންގެ އެކައުންޓުގައި ދިވެހި ރުފިޔާ ހުރެއްޖެ ނަމަ އެއާލައިންތަކުގެ ސައިޓްތަކުން ޑައިރެކްޓްކޮށް ދުރާލާ ޓިކެޓު ގަތުމުގެ ފުރުސަތު ލިބޭނެކަމަށެވެ. އަދި ކާޑުން ހޮޓަލަށް ފައިސާ ދެއްކުމުގެ ގާބިލްކަން ވެސް އިތުރުވާނެ ކަމަށެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!