އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ މަގާމަށް މީހަކު ހޯދަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްީ) އިން މިއަދު އިއުލާނުކޮށްފިއެވެ.
ސީއެސްސީއިން ބުނީ އެ މުސާރައިގެ ގޮތުގައި މަހަކު 21،884ރ. އަދި މަގާމުގެ އެލަވަންސްގެ ގޮތުގައި މަހަކު 12،534ރ. ލިބޭނެ ކަމަށެވެ. އަދި ހާޒިރީ އެލަވަންސްގެ ގޮތުގައި ހާޒިރުވާ ކޮންމެ ދުވަހަކަށް 339ރ. ލިބޭނެ ކަމަށެވެ.
އެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މިއަދުން ފެށިގެން އަންނަ ހަފްތާގެ ބުދަ ދުވަހުގެ 14:00ގެ ކުރިއެވެ.
އެޗްޕީއޭގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު ހުސްވީ، އެމަގާމުގައި ވޭތުވެދިޔަ 10 އަހަރެއްހާ ދުވަހު ހުންނެވި މައިމޫނާ އަބޫބަކުރު މިދިޔަ މަހު ރިޓަޔާ ކުރެއްވުމުންނެވެ. މައިމޫނާ އެމަގާމަށް އައްޔަނު ކުރައްވާފައި ވަނީ ނޮވެމްބަރު 17، 2016 ގައެވެ.
ސިއްހީ ދާއިާގައި 35 އަހަރު މަސައްކަތް ކުރެއްވި މައިމޫނާ އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ކޮވިޑް ދުވަސްވަރު ދެއްކެވި ތަފާތު ލީޑާޝިޕެވެ. މައިމޫނާ ވަނީ ސިއްހީ ދާއިރާގެ އިސް ސަފުގައި ހުންނަވައިގެން ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

