މާލެ ހިޔާ ފްލެޓަކުން މީހަކު ވެއްޓި އަނިޔާވެއްޖެ
މާލޭ ހިޔާ ފްލެޓެއްގެ މަތިން މީހަކު ވެއްޓި އަނިޔާވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ އުމުރުން 60 އަހަރުގެ އެމީހާ ވެއްޓިފައި ވަނީ މާލޭ ހިޔާ 1ގެ ފަސްވަނަ ފަންގިފިލާއިން ކަމަށެވެ. އޭނާ ވެއްޓިފައި ވަނީ މިއަދު ހެނދުނު 6:50 ހާއިރުއެވެ.
ފުލުހުން ބުނީ އެމީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށެވެ. މީހާއަށް ލިބުނީ ކޮންކަހަލަ އަނިޔާއެއް ކަމެއް ސާފެއް ނުވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

