ދުނިޔެ

ކޮވިޑް19 އިންޑިއާގެ ހާލަތު: އިންސާނުން ކުއްތާގެ ދަރަޖައަށް

ދެން އެމްވީ ، ދެން އޮންލައިން

ުކޮވިޑް19 އާއި ގުޅިގެން އިންޑިއާގައި 21 ދުވަހުގެ ފުރަބަންދު އިއުލާނު ކުރުމާއެކު އިންޑިއާގައި ދިރިއުޅޭ އެހެން ގައުމުތަކުގެ ރައްޔިތުންނާއި މަސައްކަތު މީހުން ދިޔައީ އެމީހުންގެ ގައުމުތަކަށް އެނބުރި ދިއުމުގެ މަސައްކަތް ކުރަމުންނެވެ. ކާނެ އެއްޗެއް ނުލިބި ވަންނާނެ ގެދޮރެއް ނެތް ގިނަ ބަޔަކު ވަނީ ސަރުކާރު ގެ ބައެއް އިމާރާތްތައް ކައިރިއަށް ޖަމާވެ ތޮއްޖެހިފައެވެ.

Ads by Sosun Fihaara

އިންޑިއާގެ ހާލަތު މި ދަރަޖައިގައި ހުރިއިރު މިހާރު ވެސް އެގައުމުގެ ހާލަތު އަންގައިދޭ ގިނަ ވީޑިއޯތަކެއް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އޭގެ ތެރެއިން އެއް ވީޑިއޯ އިން ފެންނަ މީހުން ބުނި ގޮތުގައި އެމީހުންނަށް ކާނެ އެއްޗެއް ނުލިބޭތާ ކިތަންމެ ދުވަހެއް ވެއްޖެއެވެ.

އެފަދަ އެހެން ވީޑިއޯގައި ފެންނަނީ މަގުމައްޗަށް އެޅިފައި ހުރި ކިރުތަކެއް ނަގައިގެން މީހަކު ބޯން އުޅޭ މަންޒަރެވެ.އަދި އޭނާ ގެނގުޅުނު ކުޑަ ތައްޓަކަށް ކިރު އަޅަން މަސައްކަތް ކުރާ ތަން ވެސް ފެނިގެންދެއެވެ. އޭނާއާއި މާ ދުރު ނޫން ހިސާބަކުން ކުއްތާތަކެއް ވެސް އެ ކިރު ބޯން ތިބޭތަން ވީޑިއޯ އިން ފެނިގެން ދެއެވެ.

ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ވިޑިއޯ އިން ފެނިގެންދަނީ އާގްރާގެ ރާމް ބާގް ސަރަހައްދެވެ. އަދި އެއީ ކިރު ހިފައިގެން ދަތުރު ކުރަމުންދިޔަ އުޅަނދަކުން މަގުމައްޗަށް އެޅުނު ކިރު ކަމުގައި ވެސް އެ ރިޕޯޓުތަކުގައިވެއެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!